ޙަބަރުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ޔަންގް ސްޓަރ އަދި ތިޔަމަސް އަށް ފަސޭހަ މޮޅެއް

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

އުނގޫފާރުގައި މިހާރު ކުރިއަށްދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޔަންގް ސްޓަރ އަދި ދެވަނަ މެޗު ތިޔަމަސް އެކްސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޔަންގް ސްޓަރ ބައްދަލުކުރީ އެފްސީ އޯކޭ އާއެވެ. މިމެޗު ޔަންގް ސްޓަރ ކާމިޔާބު ކުރީ 4- – 0 ލަނޑުންނެވެ. މިމެޗުގައި ޔަންގް ސްޓަރގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ޔާސީން ފިރާޤް ހުސައިން ރިމާޒު  އަދި ފާރިޝް އެވެ. އަނެއްލަނޑަކީ ޔަންގް ސްޓަރގެ ހަސީބު ފޮނުވާލި ހިލޭޖެހުމެއް އެފްސީ އޯކޭގެ ފަޒްލާން ބޮލުގަޖެހިފައި ބައިކޮޅަށް ވަތްލަނޑެކެވެ.

ގިނަލަނޑު ތަކެއްޖަހައި ނަތީޖާގެ ތަފާތު ބޮޑުކޮށްލުމަށް ޔަންގް ސްޓަރ ޔަންގް ސްޓަރ އަށް ގިނަ ފުރުސަތު ތަކެއްލިބި ބޭކާރުވެގެން ގޮސްފައިވެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ޔަންގް ސްޓަރގެ ޖާޒީނަމްބަރ 7 ހުސައިން ރިމާޒްއެވެ.

ޔަންގް ސްޓަރ އަދި އެފްސީ އޯކޭ ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިޔާ ހުސައިން ރިމާޒް އަށް ޝަރަފްވެރި މެހުމާނު އައްސަދު އަބްދުލް ޤަނީ ޓްރޮފީ ހަވާލުކޮށްދެނީ

ތަރިންގެ މިޓީމުގައި އުނގޫފާރު އެފް ސީގެ 7 ކުޅުންތެރިން ހިމެނޭއިރު މިފަހަރުގެ މުބާރާތް ހޯދުން އެންމެ ގާތީ ޔަންގު ސްޓަރ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ޔަންގް ސްޓަރ އަދި އެފްސީ އޯކޭ އާއިއެކު ގުރޫޕް އޭ ގައި ދެންހިމެނެނީ މާކުރަތު އެފްޓީއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެހަވީރު ގެ މެޗް ކާމިޔާބު ކުރީ ތިޔަމަސް އެކްސް އެވެ. ތިޔަމަސް އެކްސް މިމެޗު ކާމިޔާބުކުރީ ވައިނޮޓް ސްޕޯރޓްސް އާއި ބައްދަލުކޮށް 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ތިޔަމަސް އިން ފުރަތަ ހާފުގައި 3 ލަނޑު އަދި ދެވަނަ ހާފުގައި 2 ލަނޑު ޖަހާފައިވާއިރު ލަނޑުތައް ކާމިޔާބު ކޮށްދިނީ ސައުދުﷲ ހުސައިން 2 ލަނޑު އިބްރާހީމް ހަސަން ޒިޔާން އަދި ކެޕްޓަން އުޒައިރު ކޮންމެ ކުޅުން ތެރިއަކު އެއް ލަނޑެވެ. ކެޕްޓަން އުޒައިރު ކާމިޔާބުކުރި ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗައްފަހު އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުން ތިޔަމަސްގެ ކޯޗު މުހައްމަދު އިޤްބާލު ބުނީ ހޫނު ގަދަވުމުގެ ސަބަބުން ކުޅުންތެރިންނަށް ކުޅެން އުދަނގޫވިކަމަށެވެ. އަދި މިނަތީޖާއަކީ އުއްމީދުކުރިވަރަށްވުރެ ރަގަނޅު ނަތީޖާއެއްކަމަށެވެ.

ކޯޗިން ދާއިރާއަށް މުޅިން އަލަށް ނިކުތް ވައިނޮޓްގެ ކޯޗް މައުރޫފް މޫސާ މާއްޓޭ ބުނީ ދިމާވި އެއްމެ ބޮޑު މައްސަލައަކީ ޓީމުއެކުގައި ޕްރެކްޓިސް ނުކުރެވުންކަމަށެވެ. “އަޅުގަނޑުމެންގެ ރަށުންބޭރުން ގެނައި 3 ޕްލޭޔަރުންނާއި ރަށުގެ ބައެއް ޕްލޭޔަރުންވެސް ޓީމާއި ގުޅުނުނީ މިއަދު، އެޕްލޭޔަރުން މިއަދު މެޗަށް ނިކުތީ ޓީމާއެކު އެއްވެސް ޕްރެކްޓިސް އެއްނެތި” މާއްޓޭ ބުންޏެވެ.

ގްރޫޕް ބީ ގައި މިދެޓީމާއެކު ދެން ހިމެނެނީ ދަ ޑަބަލް އެލްއެވެ.

މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދީ ދެލަނޑު ޖަހައިދިން ތިޔަމަސްގެ ސައުދުﷲ ހުސައިންއެވެ.

ވައިނޮޓް އަދި ތިޔަމަސް ބައްދަލުކުރިމެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެނީ

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close