ޙަބަރު

އުނގޫފާރު ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލުކުރަނީ

އުނގޫފާރު ކައުންސިލް

މިބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު އުނގޫފާރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރި ތަކުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ  އާމްދަނީއާއި ހަރަދުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އުނގޫފާރު ސްކޫލުގެ ރިހިމާލަމުގައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވަނީ

  • އުނގޫފާރު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހުށައެޅުން
  • އުނގޫފާރު ކައުންސިލުން 2019 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުން
  • އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ނަރުދަމާގެ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް

 

މިބައްދަލުވުމަކީ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން މިމައުލޫމާތުތައް އަޑުއަހައި އިތުރަށް ސާފުކުރަން ބޭނުންވާ މައުލޫމާތެއް ހުރިނަމަ އެމައުލޫމާތެއް ސާފުކުރުމަށް ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ރަގަނޅު ފުރުސަތެވެ. މިބައްދަލުވުމަށް ވިހާވެސް ގިނަ ބަޔަކު ވަޑައިގެން ދެއްވުމަށް އުނގޫފާރު ކައުންސިލުން ވަރަށްބޮޑަށް އެދިވަޑައިގަންނަވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close