ޙަބަރުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

މިފަހަރުވެސް ވައިނޮޓް ޑަބަލް އެލް މެޗު އެއްވަރު

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ބީ ގައި އެއްމެފަހުގެ ޗެމްޕިއަން ޑަބަލް އެލް އާއި ވައިނޮޓް ސްޕޯރޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުފެށިގެން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 9 ވަނަ މިނެޓުގައި ވައިނޮޓް ސްޕޯރޓްސް އިން ލަނޑު ޖަހާ ލީޑު ނެގިއެވެ. ޑަބަލް އެލްގެ އޭރިޔާގެ ބޭރުން އުތުރު ފަރާތުން ވައިނޮޓަށް ލިބުނު ހިލޭޖެހުމެއްގެ ބޭނުންހިފައި މިލަނޑު ޖަހައިދިނީ އިހުސާންއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1 – 0 ން ވައިނޮޓް ކުރީގައި އޮވެގެންނެވެ.

މެޗުގެ 82 ވަނަ މިނެޓްގައި ވައިނޮޓުން 2 ވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑުވެސް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިހުސާންއެވެ. ވައިނޮޓުން 2 ލަނޑުގެ ލީޑުގައި މާ ގިނައިރު ހިފަހައްޓާލެވެގޮތެއްނުވިއެވެ. ފަސްމިނެޓް ފަހުން މެޗުގެ 87 ވަނަ މިނެޓުގައި ޑަބަލް އެލްގެ އަލީ ސަލީމް ލަނޑެއްޖަހާ މެޗުގެ ނަތީޖާގެ ފަރަގު 2 -1 އަށް ކުޑަކުރިއެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމެވީ އޮފްސައިޑް ނޫން ކަމަށެވެ.

 

ޑަބަލްއެލްގެ ލަނޑާއެކު ޑަބަލްއެލްގެ އެޓޭކް އިތުރުވެ މެޗުފޯރި ވަރަށް ގަދަވިއެވެ. ޑަބަލް އެލްއަށް ހަމަޖެހި ނުލެވި އުޅެނިކޮށް ވައިނޮޓުން އިތުރު ލަޑެއްޖެހިއެވެ. ނަމަވެސް، ގޯލް ދަނޑިގައި ޖެހިފައި ނިކުތް ބޯޅަ މުހައްމަދު ޔޫސުފު ގޯލަށް ވައްދާލުމުން ރެފްރީ ނިންމެވީ އޮފްސައިޑް ލަނޑެއްކަމަށެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއްނޫން ކަމަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމެވީ އޮފްސައިޑް ކަމަށެވެ.

ޑަބަލް އެލް އިން މެޗު އެއްވަރުކުރި ލަނޑު މެޗުގެ އިތުރުވަގުތު ގައި ޖަހައިދިނީ ބަދަލް ކުޅުންތެރިޔާ ހަސަން ޝަފީޤްއެވެ. މިލަނޑު ޖެހުމުގެ ކުރިންވެސް ވައިނޮޓުން ދިޔައީ މެޗުގެ ވަގުތު ހަމވެއްޖެ ކަމަށްބުނެ އެޕީލް ކުރަމުންނެވެ. ހިތްހަމަ ނުޖެހުންބޮޑުވި މިވަގުތުކޮޅުގެ ތެރޭގައި ވައިނޮޓްގެ ބެންޗުގައި އިން ހަސަންހުސައިންއަށް ރެފްރީވަނީ ރަތްކާޑު ދައްކާފައެވެ.

މެޗުނިމިގެން ދިޔައީ މިނަތީޖާ އިން ދެޓީމު އެއްވަރު ވެގެންނެވެ. މިނަތީޖާގެ ސަބަބުން ސެމީގެ ޖާގަ އެއްހޯދުމުގެ އަމިއްލަބާރު ވައިނޮޓަށްވަނީ ގެއްލިފައެވެ. ސައިފް ގޯލްޑަން ޖުބުލީ 5 ވަނަ މުބާރާތުގައި ވެސް މިދެޓީމު ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ހަމަ މިނަތީޖާއިންނެވެ. އެމެޗުގައިވެސް ފުރަތަ ދެލަނޑު ޖަހާ ލީޑުފުޅާ ކުރީ ވައިނޮޓް ސްޕޯރޓްސް އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ވައިނޮޓް ސްޕޯރޓްސްގެ ޖާޒީނަމްބަރު 6 އިބްރާހީމް އަލީ އެވެ.

ޖަމިއްޔަތުއްސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ކުރިއަށް މިގެންދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close