ޙަބަރުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސެމީގައި ޔަންގް ސްޓަރ ޑަބަލްއެލް އަދި ތިޔަމަސް މާކުރަތު އެފްޓީ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ސެމީގެ އެންމެ ފަހުޖާގަ ޑަބަލްއެއް ހޯދައިފިއެވެ. ޑަބަލްއެލް މިޖާގަ ކަށަވަރުކުރީ އިއްޔެހަވީރު ކުޅެވެނުމެޗުން އެއް ޕޮއިންޓް ހޯދައި ގުރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައިއެވެ.

މުބާރާތުގެ ގުރޫޕް އޭ ގެ ފަހުމެޗުގައި ބައްދަލުކުރީ ޔަންގް ސްޓަރ އަދި މާކުރަތު އެފް ޓީ އެވެ. މިމެޗަށް މި ދެޓީމް ނިކުތްއިރުވެސް މިދެޓީމުވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. މިމެޗު 6-0 ކާމިޔާބުކޮށް މިގުރޫޕްގެ އެއްވަނަ ހޯދީ ޔަންގް ސްޓަރއެވެ.

މިމެޗުގައި ޔަންގް ސްޓަރގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ސާއިފް 3 ލަނޑު އަދި ޖައުޝަން އާއި ރިމާޒު އަދި ފާރިޝް މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ޔަންގް ސްޓަރގެ ޖާޒީނަމްބަރު 10 މުހައްމަދު ސާއިފްއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހުމެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ތިޔަމަސް އެކްސް އާއި ޑަބަލްއެލްއެވެ. މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރު ވެގެންނެވެ. މިނަތީޖާގެ ސަބަބުން މިގުރޫޕްގެ، ގުރޫޕް ބީގެ އެއްވަނަ ލިބެނީ ތިޔަމަސް އެކްސް އަށެވެ. އިއްޔެ މެޗަށް ތިޔަމަސް ނިކުތް އިރުވެސް އެޓީމު އޮތީ ސެމީގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.

ތިޔަމަސް އަށް ކުޅުނު ދެމެޗުން 4 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ލިބޭއިރު ޑަބަލް އެލްއަށް ދެވަނަ ލިބެނީ ކުޅުނު ދެމެޗުން 2 ޕޮއިން ލިބިގެންނެވެ. މިގުރޫޕުގައި ދެންހިމެނޭ ވައިނޮޓް ސްޕޯޓްސް އަށް ކުޅުނު ދެމެޗުން ލިބުނީ 1 ޕޮއިންޓެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޑަބަލްއެލްގެ ޖާޒީނަމްބަރު 19 އަހުމަދު އަޝްފާޤެވެ.

ޖަމިއްޔަތުއްސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ކުރިއަށް މިގެންދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close