ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ
4 ވަނަ ތައްޓާއެކު ތިޔަމަސް އެހެންޓީމުތަކާ ފެއަށް
ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބިލީ 6 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މިމުބާރާތް 4 ފަހަރު ކާމިޔާބުކޮށް ތިޔަމަސް އެހެންޓީމުތަކައި ފެއަށް ޖެހިލައިފިއެވެ. ތިޔަމަސް މިމުބާރާތުގެ ޗެމްޕިއަންކަން 4 ވަނަ ފަހަރަށް ހޯދީ އާދީއްތަ ދުވަހު ހަވީރު ކުޅެވުނު ފައިނަލުގައި ޔަންގް ސްޓަރގެ މައްޗަށް 2-0 ނަތީޖާއިން ކުރިހޯދައިގެންނެވެ.
ފައިނަލްމެޗުގައި ތިޔަމަސް އަށް ފުރަތަމަ ލަނޑު ޖަހައިދީ ލީޑު ނަގައިދިނީ ސައުދުﷲ ހުސައިންއެވެ. ތިޔަމަސްގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ 83 ވަނަ މިނެޓްގައި ޒިޔާން އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ތިޔަމަސްގެ ޒިޔާން އެވެ.
މިމުބާރާތުގެ މޮޅުކުޅުން ތެރިޔާއަށް ހޮވުނީ ޔަންގް ސްޓަރގެ ހުސައިން ރިމާޒްއެވެ. މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަންގް ސްޓަރގެ މުހައްމަދު ސާއިފްއެވެ. މުބާރާތުގެ އެންމެ ކީޕަރަކަށް ހޮވުނީ ތިޔަމަސް އެކްސްގެ އަހުމަދު އަފްސަލްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުން ތެރިޔާއަށް ހޮވިފައިވަނީ ތިޔަމަސްގެ ސައުދުﷲ ހުސައިންއެވެ. ސައުދުﷲ ގެ އިތުރުން ޔަންގް ސްޓަރގެ ރިމާޒް އާއި ސައިފް އަދި ފާރިޝް ވެސްވަނީ 3 ލަނޑު ޖަހާފައެވެ. ސައުދުﷲ އަށް މިމަޤާމު ދީފައިވަނީ ލަނޑު ޖެހުމަށް އެހީތެރިވި މިންވަރަށް ބަލާފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ އެފްސީ އޯކޭއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރެވެ.
ސައިފްގެ ފަރާތުން މުބާރާތް ތެރޭ ކުރިއަށްގެންދިޔަ ލަކީޑްރޯ ނެގުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ގުރުއަތުން އެއްވަނަ އަށް ހޮވިގެން މޮބައިލް ފޯނު ލިބުނީ ކައިލް އަށެވެ.
ދެވަނަ އަށް ހޮވިގެން ބައިސްކަލް ލިބުނީ ވިއާމްއަށެވެ.
މިއިނާމުތައް ހަވާލުކޮށްދެއްވީ ޖަމްއިއްޔަތުއްސައިފްގެ ނައިބްރައީސް އަލްފާޟިލް ހަސަން އިރުފާންއެވެ. އަދި އުނގޫފާރު ޑޮޓް ކޮމްއަށްވެސް ހަނދާނީ ފިލައެއް ދީފައިވެއެވެ. މިފިލާ ހަވާލުކޮށްދެއްވީ ޖަމްއިއްޔަތުއްސައިފްގެ ރައީސް އަލްފާޟިލް އަހުމަދު ނިޔާޒުއެވެ. އުނގޫފާރު ޑޮޓްކޮމްގެ ފަރާތުން ފިލަޔާއި ހަވާލުވީ އަހުމަދު ތައުވީލްއެވެ.