ޙަބަރުކުޅިވަރުދީން

މިފަހަރުވެސް އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރަނީ

އީދުމަޖާ 1439

ކުރީ އަހަކޭ އެއްފަދައިން މިއަހަރުވެސް އަލްހާޢީދު ނަމާދު ކުރުން އުނގޫފާރުގައި އޮންނާނީ އުނގޫފާރު ފްޓްސަލް ދަނޑުގައެވެ. އީދު ނަމާދު ފުޓްސަލް ދަނޑުގައި ކުރުމަށް ޢީދު ކޮމެޓީއާއި ކައުންސިލުން ނިންމާފައިވަނީ އީދު ނަމާދު އެއްޖަމާއަތުގައި އެންމެން އެކުގައި ކުރުމުގެގޮތުންނެވެ. ޢީދު ކޮމެޓީން ހާމަކޮށްފައިވާ ގޮތުން މިފަހަރުވެސް ވިއްސާރަވެ ފްޓްސަލް ދަނޑުގައި ޢީދުނަމާދު ކުރެވޭގޮތް ނުވެއްޖެނަމަ ޢީދު ނަމާދު ކުރުން އޮންނާނީ ކުރިއެކޭ އެއްގޮތަށް ދެމިސްކިތުގައެވެ.

އުނގޫފާރުގައި މިގޮތައް ބޮޑުޖަމާއަތެއްގައި އީދު ނަމާދު ކޮށްފައިވަނީ 1438 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދެވެ. އެހެން ކަމުން މިޢީ އުނގޫފާރުގައި ބޮޑު ޖަމާޢަތެއްގައި ޢީދު ނަމާދުކުރި ފުރަތަމަ ފަހަރެވެ.

ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމަށް އުނގޫފާރު އީދު ކޮމެޓީއާއި ރައްޔިތުން ގުޅިގެން ފުޓްސަލް ދަނޑު ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރަމުންނެވެ. މިޖަމާއަތުގައި ބައިވެރިވާ އަންހެން ފިހިރިހެން ކުދިބޮޑު އެންމެން އަދިބިދޭސީން ނަށް ޢީދުސައި ޔޫތުސެންޓަރުގައި ތައްޔާރު ކުރެވިފައި އޮންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close