ޙަބަރުސިޔާސީ

ވޯޓާސް ލިސްޓް އާންމުކޮށްފި – އުނގޫފާރު ލިސްޓުގައި މަރުވެފައިވާ 3 މީހުން

ރިޔާސީ އިންތިހާބު 2018

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާއްމުކުރި ލިސްޓްގައިވާގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި 262،135 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބެއެވެ. އަދި އުނގޫފާރުގައި ބަހައްޓާ ވޯޓު ފޮއްޓަށް 1086 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ދީފައިވެއެވެ.

އުފާ ނިއުސް ޓީމުން މިހާތަނަށް ބެލިބެލުމުން އުނގޫފާރުގައި ބަހައްޓާ E02.06.1 ނަމްބަރު ފޮއްޓަށް ވޯޓުލުމަށް ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ 3 މީހެއްގެ ނަން ހިމަނާފައި އޮތްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.  އެއީ  މުހައްމަދު ރަޝާދު އަތިރީގެ ރ. އުނގޫފާރު ލިސްޓް ނަމްބަރު 244 އާއި  ހާޖަރާ ހަސަން ނޫރީގެ ރ. އުނގޫފާރު ލިސްޓް ނަމްބަރު 764 އަދި ހައްވާ ޒަކަރިއްޔާ ކެނެރީގެ ރ. އުނގޫފާރު ލިސްޓް ނަމްބަރު 599 އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close