ޙަބަރުރ.އަތޮޅުވިޔަފާރި

މީރާ އުނގޫފާރު ކަލެކްޝަން ސެންޓަރު ހުޅުވައިފި

މޯލްޑިވްސް އިންލަން ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އުނގޫފާރު ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. މިސެންޓްރު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު 13:30 ގައެވެ.

މިރަސްމިއްޔާތުގައި މީރާގެ އިސްވެރިންނާއި ރ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން އުނގޫފާރުގެ މުވައްސަސާތަކުގެ ވެރިންނާއި ވިޔަފާރިވެރިން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވަނީ ރ އަތޮޅު ކައުންސިލާއި މުވައްޒަފުންނާއި އުނގޫފާރު ކައުންސިލަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް ރ އަތޮޅު ކައުންސިލުން މިކަމަށް ދެއްވާފައިވާ އެހީތެރިކާމާއި އެއްބާރުލުމާއި  ރ އަތޮޅު ކައުންސިލުގެ މުވައްޒަފުން މިސެންޓަރުގެ މަސައްކަތް ނިންމުމުގައި ކޮށްފައިވާ އިހުލާސްތެރި ބުރާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

މިސެންޓަރު ޤާއިމުކުރުމުގެ އެމްއޯޔޫގައި ރ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ ޝާހިދު އާއި މީރާގެ ފަރާތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުއެވެ.

އުނގޫފާރުގައި މިއަދު މިހުޅުވުނު މީރާ ކަލެކްޝަން ސެންޓަރުގެ ސަބަބުން ޓެކްސް ދެއްކުމުގެ ކަންކަމުގައި ރ އަތޮޅާއި އުނގޫފާރުގެ ވިޔަފާރި ތަކަށް ވަރަށްބޮޑު ލުއިފަސޭހަވެގެންދާނެއެވެ.

މިއީ މީރާއިން އަތޮޅު ތެރޭގައި ޤާއިމުކުރި 13 ވަނަ ސެންޓަރެވެ.

މިނިވަން، މުސްތަޤިއްލު، ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި،  18 މާޗް 2010 ގައި ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެ މީރާ އުފެއްދީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close