ޙަބަރުރ.އަތޮޅު

ދުވާފަރުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ދުވާފަރު

ރ ދުވާފަރުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ދުވާފަރުން މައުލޫމާދު ދިންފަރާތަކުން ބުނިގޮތުގައި ދެގުރޫޕެއްގެ ދެމެދުގައި ރޭ 11 ޖަހާކަށްހާއިރު ހިނގި މިހާދިސާގައި ޒަހަމްވި ހުސައިން އިބްރާހީމް ގެ ހަށިގަނޑުގެ 3 ތަނަކަށް ވަޅިން ހަމަލާދީފައިވާކަމަށެވެ. އިތުރަށް މައުލޫމާތު ދެމުން އެމީހާބުނީ ހުސައިންގެ ފުރަމޭ ކައިރިން ވަޅި ޖަހާފައިހުރިތަން އަނެއްފަރާތުން ފޫގޮސްފައިވާ ކަމަށެވެ.

ހުސައިން އިބްރާހީމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައިވަނީ ރޭ ދަންވަރު 1:45 ހާއިރުއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރުވަނީ ހުސައިންގެ ސާޖަރީއެއްވެސް ހަދާފައިކަމުގައި އެފަރާތުންބުނެއެވެ.

ހުސައިންއަށް ލިބިފައިވާ ޒަހަމްތަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close