ޙަބަރުރ.އަތޮޅުސިޔާސީ

ރ އަތޮޅު ކައުންސިލުން އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ އަށް މަރުހަބާ ދަންނަވައިފި

ރ އަތޮޅު ކައުންސިލް

23 ސެޕްޓެމްބަރ 2018 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމުގެ މަޤާމު ހޯއްދެވި ކޯލިޝަންގެ ކެނޑިޑޭޓް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު އިބޫ އަށާއި ރައީސުމް ޖުމުހޫރިއްޔާގެ ނައިބުކަމުގެ މަޤާމު ހޯއްދެވި ޖުމުހޫރީ ޕާޓީގެ އޮނަރަބަލް ފައިސަލް ނަސީމަށް ރ އަތޮޅުގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ރ އަތޮޅު ކައުންސިލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މަރުހަބާގެ މިމެސެޖުގައި އިބުރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ރ އަތޮޅަށާއި މުޅި ރާއްޖޭގެ އެއްމެހައި ލޮބުވެތި ރައްޔިތުންނަށް ފާގަތި އަމާން ދުވަސްތަކެއް މިންވަރުކޮށްދެއްވުމަށް އެދޭ ކަމަށް، ރ އަތޮޅު ކައުންސިލުގެ ފޭސްބްކް ޕޭޖްގައި ޕޯސްޓް ކޮށްފައިވާ އެމެސެޖުގައިވެއެވެ.

ނިމިގެންދިޔަ މިއިންތިހާބުގައި ރ އަތޮޅުންވަނީ އިބޫއަށް އަގުލަބިއްޔަތު ލިބިފައެވެ. ރ އަތޮޅުގެ އަގުލަބިއްޔަތު ގުޅިފައިވާ ކޯލިޝަނުން ހޯދާފައިވަނީ 571 ވޯޓުން ޔާމީންގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ރ އަތޮޅުން ލިބިވަޑައިގެންނެވީ 6312 ވޯޓެވެ. މިއީ ވޯޓު ދިންމީހުންގެ %47.8 ޕަސެންޓެވެ. އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގަތީ 6883 ވޯޓެވެ. މިއީ ވޯޓު ދިންމީހުންނެ %52.2 ޕަސެންޓެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close