ޙަބަރުސިޔާސީ

ހުކުރު ދުވަހުގެ ނިޔަލަށް ކެމްޕެއިން މެޓީރިއަލްތައް ނެގުމަށް ކައުންސިލުން އަންގައިފި

އުނގޫފާރު ކައުންސިލް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އުނގޫފާރުގައި ޖަހާފައިހުރި ކެމްޕެއިން މެޓީރިއަލްތައް ނަގާ ބަނދަރާއި މަގުތައް ސާފުކުރުމަށް އުނގޫފާރު ކައުންސިލުން ދެޕާޓީއަށް އަންގައިފިއެވެ. އުނގޫފާރު ކައުންސިލުން މިކަން އަންގާފައިވަނީ ދެޕާޓީގައި އުނގޫފާރުގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް ކައުންސިލުން ފޮނުވި ސިޓީއެއްގައެވެ.

އުނގޫފާރު ޑޮޓްކޮމްއަށް ލިބިފައިވާ ސިޓީގެ ކޮޕީގައި ވާގޮތުން 28 ސެޕްޓެމްބަރ 2018 ވާ ހުކުރު ދުވަހުގެ (މާދަމާގެ) ނިޔަލަށް އެތަކެތިނެގުމަށް އުނގޫފާރު ކައުންސިލުން ވަނީ އަންގާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމް އިން އުނގޫފާރުގެ ބަނދަރާއި މަގުތަކުގައި ދިދަފައްޗާއި ބެނާ އަދި ޕޯސްޓަރު ޖަހާފާވާއިރު އިންތިހާބު ކާމިޔާބުކުރި އިދިކޮޅު ކޯލިޝަނުންވެސް ވަނީ ކެމްޕެއިންގައި ދިދަފައްޗާއި ދިދަ ބޭނުންކޮށްފައެވެ.

އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ލިބިފައިވާގޮތުން ކޯލިޝަނުން ކެމްޕެއިނަށް ބޭނުންކުރި މިތަކެތި މިހާރުވަނީ ނަގާފައެވެ. އިންތިހާބަށްފަހު މިފަދަ އެއްމެރީތި މިސާލެއް މިފަހަރު ފެނިގެން ގޮސްފައިވަނީ އިންތިހާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓްގެ އުފަންރަށުންނެވެ. އިންތިހާބީ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް މުހައްމަދު ސޯލިހުގެ ހިންނަވަރުންވަނީ ދެޕާޓީގެ އެންމެން އެކުގައިނިކުމެ މުޅިރަށުގައި ހުރި މިފަދަ ހުރިހައި ތަކެއްޗެއްނަގާފައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close