ޙަބަރު

ވަޒީފާގެ ފުރުސަތު – އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލް

އުނގުފާރު ކައުންސިލުން އުނގޫފާރުގައި ދެމުންގެންދާ ކުނިމެނޭޖުކުރުމުގެ ހިދުމަތަށް މަސައްކަތު މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. މިކަމަށްއެދި އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

ވަޒީފާގެ ފުރުސަތު


`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

 އުނގޫފާރު، ދިވެހިރާއްޖެ                               

             ނަންބަރު:  IUL)303-AS/2018/39)

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              މަސައްކަތު

މަޤާމުގެ އަދަދު:        1

މަސައްކަތް ކުރާތަން:     އުނގޫފާރު ރައްޔިތުންގެ ކުނިކޮށި / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ:             3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20           

މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1-      ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 8:00 އަށް ޕިކަޕަށް އެރުން

2-      ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން

3-      ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން

4-      ކުނިވާ ތަކެތި މޫދަން އުކާލުންފަހު އެޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން

5-      ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން

6-      ހުކުރު ހޮނިހިރު ދެދުވަހު 8:00 އަށް ޕިކަޕަށް އަރާ ކުނި ނެގުމަށް ތައްޔާރުވުން

ހުށަހަޅަންޖެހޭ ތަކެތި:

   1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

   2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ

   3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ

   4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 20 ސެޕްޓެމްބަރ 2018،  ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 25 ސެޕްޓެމްބަރ 2018،  އަންގާރަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

07  މުޙައްރަމް  1440   

17 ސެޕްޓެމްބަރ 2018

  

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close