ޙަބަރުރ.އަތޮޅު

އިންސާފު ނުލިބޭ އެމަރަށް 6 އަހަރު

ޑރ އަފްރާޝީމް އަލީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލިތާ މިއަދަށް 6 އަހަރުވީއެވެ. މުޅި އުނގޫފާރު އެދަރިޔަކަށް ފަހުރުވެރިވި ޑރ އަފްރާޝީމް ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލިތާ މިއަދަށް 6 އަހަރު ވެގެންދާއިރު މިމަރަށް އިންސާފު ލިބޭނެ ދުވަހެއް އަދި ފެންނާކަށް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށްސާބިތުކޮށް ހ ލޮބީ ހުސައިން ހުމާމަށް މަރުގެ ހުކުމް އިއްވާފައިވާ އިރު މިކަމުގައި އަޑީގައިތިބި ބަޔަކާއި މިކަމަށް ފައިސާ ހަރަދުކުރި ބަޔަކު މިހާތަނަށް ހޯދިފައެއް ނުވެއެވެ. މިމައްސަލައިގެ މައުލޫމާތު އާއްމުންނަށް ތިލަވެ ހާމަވެފައިވާ މިންވަރަށް ބަލާއިރު މިކަމަކީ ސީދާ ހުމާމު އެކަނި ކުރިކަމަކަށްވުރެ ބޮޑަށް، ވަރަށްބޮޑަށް ރޭވިގެން ބާރުގަދަ ފަރާތްތަކެއް މިކަމުގެ އަޑީގައިތިބެގެން ވަރަށްގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ހިންގާފައިވާ ޖަރީމާއެއްކަން މީޑިއާއަށް ތިލަވެ ހާމަވެފައިވާ މައުލޫމާތުތަކުން ހާމަވެއެވެ.

ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރަމުންދާ އިސްލާމިކް ސެންޓަރ

މިމަރާގުޅިގެންނާއި ގުޅުވައިގެން ތަފާތު އެތަކެއްވާހަކަތަކެއް ދޭތެރެދޭތެރެއިން މީޑިއާއަށްތިލެވެގެންދެއެވެ. ހާއްސަކޮށް އިންތިހާބު ތަކާއި ދިމާކޮށް ސަރުކާރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޑރ އަފްރާޝީމްގެ މަރުގެ ވާހަކަ ނަގަމުންދާކަމަށް އާއިލާގެ ފަރާތްތަކުންނާއި އިދކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިމަރަށް އިންސާފު ލިބުމަކީ މިއަދު ޑރ އަފްރާޝީމްގެ މުޅިއާއިލާވެސް އަދި އިންސާފަށް ލޯބިކުރާ ކޮންމެ ރައްޔިތަކުވެސް އެއްމެ ބޭނުންވާނެ ކަންތަކެވެ. އަޅުގަނޑުމެން އެދެނީ ޑރ އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރަމުންދާ އިސްލާމިކް ސެންޓަރު ނިމި ހުޅުވުމުގެ ކުރިން އެމަރަށް އިންސާފް ލިބުމެވެ. މާތްﷲ އެމަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން!

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close