ޙަބަރުރ.އަތޮޅު

ރެހެންދި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ދުވާފަރު އީމާން

ރެހެންދި ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ރ ކަނދޮޅުދޫ މިހާރު ރ ދުވާފަރު އީމާން އަޙްމަދު އުމުރުން 17 އަހަރު އަކީ އަހުމަދު އަލީއާއި އާމިނަތު ވަހީދުގެ ޢާއިލާގެ 3 ކުދިންގެ ތެރެއިން 2 ވަނަ ކުއްޖާއެވެ. ހުޅުމާލޭ ރެހެންދި ސްކޫލުގައި ބިޒްނަސް ސްޓްރީމްގައި ތައުލީމުހާސިލްކުރި އީމާން އަކީ މިއަދު ރ ދުވާފަރު ގެ އިތުރުން ރ އަތޮޅުވެސް ފަހުރުވެރިވުން ހައްޤު ދަރިއެކެވެ.

2017 ވަނަ އަހަރުގެ ރެހެންދި ސްކޫލުގެ ހުރިހައިގޮތަކުން ވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި އީމާން އެންމެ ފުރަތަމަ ތައުލީމު ހާސިކުރީ ހުޅުމާލޭ ޣާޒީ ސުކޫލުންނެވެ. ޣާޒީ ސުކޫލުގައި އީމާން ތައުލީމު ހާސިލްކޮށްފައިވަނީ ގްރޭޑް 1 ން 4 އަށެވެ. ގްރޭޑް 5 ން 7 އަށް ތައުލީމު ހާސިލުކުރީ ހުޅުމާލޭ ގޭޓްވޭ އިންޓަރނޭޝަނަލް ސުކޫލުންނެވެ. ރެހެންދި ސްކޫލަށް އީމާން ބަދަލުވީ ގްރޭޑް 8 އަށެވެ. އީމާން ހިމެނިގެން ގޮސްފައިމިވަނީ ރެހެންދި ސްކޫލުގެ އޯލެވެލް އިމްތިހާނު ފުރިހަމަކުރި ފުރަތަމަ ބެޗްގެ ދަރިވަރުންގެ ތެރޭގައެވެ.

ފޮޓޯ / ރެހެންދި ސްކޫލް ފޭސްބްކް ޕޭޖް

ތައުލީމީ ހަޔާތުގައި ތަފާތުގިނަ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވުމުގެ އިތުރުން އީމާންވަނީ ސްކޫލުގެ ތަފާތު ގިނަ މަޤާމުތައްވެސް ހީވާގިކަމާއި މުރާލިކަމާއެކު އަދާކޮށްފައެވެ. މިގޮތުން އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި 2015، 2016 އަދި 2017 ވަނަ އަހަރު ހިމެނި ޓީމުގެ ކެޕްޓަނެއްގެ ފުރިހަމަ ޒިންމާޔާއެކު ކުޅެފައިވެއެވެ. މީގެ އިތުރުން ރެހެންދި ސްކޫލުގެ ކެޑޭޓްކޯގައި ސީނިޔަރ ކޭޑޭޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވެއެވެ.

 

އިތުރު ހަރަކާތްތަކުގެ އިތުރުން އީމާންވަނީ ރެހެންދި ސްކޫލުގެ ކެޕްޓަންކަން 2015 ވަނަ އަހަރު ކޮށްފައެވެ. އަދި ޑެޕިއުޓީ ކެޕްޓަންކަން 2016 އަދި 2017 ވަނަ އަހަރު ކޮށްފައެވެ. އީމާން އަކީ ރެހެންދި ސްކޫލުންދޭ އެކްސެލެންސް އެވޯޑް ތަޢާރަފު ކުރިފަހުން އެ އެވޯޑު މިހާތަނަށް ލިބުނު ހަމައެކަނި ދަރިވަރެވެ. އީމާން ވަނީ ޖެހިޖެހިގެން 2 ފަހަރު މިއެވޯޑް ހޯދާފައެވެ. އަދި މީގެ އިތުރުން ކެޑޭޓް ބެސްޓް އެކަޑަމިކް އެވޯޑް ވެސް ޖެހިޖެހިގެން ދެ އަހަރު އީމާން ވަނީ ހޯދާފައެވެ.

ފޮޓޯ / ރެހެންދި ސްކޫލް ފޭސްބްކް ޕޭޖް

އީމާންއަކީ މައިންބަފައިންގެ ބަސްއަހާ، ދީނީ ކަންކަމަށް ސަމާލުކަންދޭ ހަރުދަނާ އަޚްލާޤެއްގެ ވެރި ދަރިވަރެކެވެ. ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާނީ ފަތިސްނަމާދުކޮށް، ޤްރުއާނުން ޞަފްޙާއެއް ކިޔުމަށްފަހުއެވެ. މުދައްރިސުންނަށް އިޙްތިރާމްކުރާ ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމުމަށް ސަމާލުކަންދޭ ދަރިވަރެކެވެ. ދުވަހަކުވެސް ކިޔެވުމަށް ނަމާދުކުރުމަށް ހަނދާންކޮށްދެން ނުޖެހޭކަން އީމާންގެ މައިންބަފައިން އުފަލާއެކު ފާހަގަ ކުރެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެމުން އީމާންގެ ބައްޕަ ބުނުއްވީ އީމާންއަކީ ކުދިންނަށް ގުޅޭ މަޑުމައިތިރި ކުއްޖެއް ކަމަށާއި އެންމެ ތުއްތުއިރުން ފެށިގެން އޮނަލިސްޓް ހޯދާ ކުލާހަކުން އެއްވަނަ ހޯދަމުން އަންނަ ދަރިވަރެއް ކަމަށެވެ. އަބަދުވެސް އެހެންކުދިންގެ އިޙްސާސަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާ ކުއްޖެއް ކަމަށާއި ފިލާވަޅުތައް ދަސްކުރުމުގައި އަމިއްލަ ތާވަލެއް ހަދައިގެން ފިލާވަޅު ދަސްކުރުމަށް އާދަކުރެވިފައިވާ ކުއްޖެއް ކަމަށެވެ. އަދި ސްކޫލުގައި ހިންގާ އިތުރު ޙަރަކާތްތަކުގައި ވަރަށް ފުރިހަމައަށް ބައިވެރިވާ ދަރިވަރެއް ކަމަށެވެ.

އީމާންގެ އާއިލާ

އީމާން ބުނިގޮތުގައި އޯލެވެލް އިމްތިޙާނަށް އީމާން ތައްޔާރުވަމުން ދިޔައީ ސްޓަޑީ ތާވަލެއް ރާވާ އެތާވަލާ އެއްގޮތަށް ފިލާވަޅުތައް ދަސްކުރަމުންނެވެ. ބަރާބަރާބަށް ދީނީކަންކަމަށް ޚާއްޞަ ފަރުވާތެރިކަމެއްދީ ކޮންމެ ދުވަހަކުވެސް ގްރޫޕް ސްޓަޑީ، ސެލްފް ސްޓަޑީ ކުރިއަށް ގެންދިޔައެވެ. ކޮންމެ މާއްދާއަކުން ޕާސްޕޭޕަރތައް ތަކުރާރުކޮށް ހަދަމުން ގެންދިޔުމުގެ އިތުރުން އެކިއެކި ރިސޯސް ޓީޗަރުންގެ އެހީތެރިކަން ދޭތެރެ ދޭތެރެއިން ހޯދަމުން ދިޔައެވެ.

އީމާންގެ ބައްޕަ ބުނުއްވި ގޮތުގައި އީމާން އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގްރޭޑް 10 ގެ އަހަރު ޓޮޕްޓެން ކްރައިޓީރިއާއަށް ސަރުކާރުން ގެނައި ބަދަލެވެ. އީމާން އަބަދުވެސް މަސައްކަތް ކުރަމުން އައީ ޓޮޕްޓެން ފަސްޓް ޕްލޭސް އަށްކަމަށާއި އެހެންނަމަވެސް މިނިސްޓްރީގެ މިންގަޑުންނަމަ ޓޮޕް ފަސްޓަށް ދެވެނީ ހުރިހާ މާއްދާއިން އޭ ސްޓަރ ޖަހައިގެން ކަމަށްވާތީ ކުރަން ޖެހުނު މަސައްކަތް ވަރަށް ބޮޑަށް ބުރަވިކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ވިސްނެން ފެށިކަމަށާއި އެހެނަސް ﷲ ގެ އިރާދަފުޅާއެކު ބުރަކޮށް ކުރެވުނު މަސައްކަތުން ހަތް މާއްދާއިން އޭ ސްޓަރ އަދި އެއް މާއްދާއިން އޭ ހޯދައި ސެކަންޑް ޕްލޭސް ހާޞިލް ކުރެވުމުން މިތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި ޓުރެވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެއިން 2 ވަނަ ލިބުމާއި ބުރިލިއަންޓް އެވޯޑް ލިބުމަކީ ބަޔާންކުރަންވެސް ދަތި އުފަލެއް މިއާއިލާއަށް ލިބިގެން ދިޔަ ކަމެއްކަމުގައެވެ.

ފޮޓޯ / ރެހެންދި ސްކޫލް ފޭސްބްކް ޕޭޖް

ސާނަވީ މަރުޙަލާގައި އީމާނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިއަސް އެއިން ކޮންމެ ގޮންޖެހުމެއް ވެގެންދިޔައީ ކިޔެވުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަކަށެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ހިއްސާކުރަމުން އީމާންގެ މަންމަ ބުނުއްވީ އީމާންއަކީ އެއްވެސް އިރެއްގައި ކިޔެވުމަށް ބާރުއަޅަން ޖެހުނު ކުއްޖެއްނޫންކަމަށެވެ. އީމާންއަކީ އެއަށްވުރެ އަމިއްލަ ޝައުޤްވެރިކަން ކިޔެވެމުށް ދިން ކުއްޖެއް. ދުވަހަކުވެސް ކިޔެވުމަށް، ނަމާދު ކުރާކަށް ބުނާކަށް ނުޖެހޭ އަޚްލާޤު ރަގަޅު ކިޔަމަންތެރި އެހެންކުދިންނަށް އިޙްތިރާމް ކުރާ ޢާއިލާގެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރާ ދަރިއެއްކަމަށެވެ. އަޅުގަނޑުމެންގެ ދުއާއަކީ އަޅުގަނޑުމެންގެ މިދަރިފުޅަށް އަބަދުވެސް ރަނގަޅުގޮތް މެދުވެރިކުރައްވާ ފުރިހަމަ ކާމިޔާބީއެއް މާތްﷲ މިންވަރުކޮށްދެއްވުން.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Fayaa Recent comment authors
Fayaa
Guest
Fayaa

.Al-hamdhulillaahi

Close