ޙަބަރުދީން

ޤުރުޢާން ކުލާސް އަމިއްލަ ތަކެތީގައި އިމާރާތްކޮށް ނިންމައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން އިމާރާތް ކުރަންބޭނުންވާ ޤްރުޢާން ކްލާސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ހުސްނުހީނާގޭގެ އިރުމަތީގައިވާ ހުސްބިމުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޤުރުޢާން ކުލާހުގެ އިމާރާތް ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް އަމިއްލަތަކެތީގައި އިމާރާތްކޮށް ނިންމައި ދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާނު ކޮށްފައިވަނީ އިއްޔެއެވެ. ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

އުނގޫފާރު، ދިވެހިރާއްޖެ

                              ނަންބަރު:  IUL)303-AS/2018/44)

އިޢުލާން

ހުސްނުހީނާގޭގެ އިރުމަތީގައިވާ ހުސްބިމުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޤުރުޢާން ކުލާސް މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް އަމިއްލަތަކެތީގައި އިމާރާތްކޮށް ނިންމައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ޤުރުޢާން ކުލާސް އަމިއްލަތަކެތީގައި އިމާރާތް ކުރުމަށް އެދޭފަރާތް ތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޫބަރ 2018 ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ނިންމައި ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 އޮކްޓޫބަރ 2018 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި ” އުނގޫފާރު ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި ” މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

1ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި ހުށަހަޅާ އަގަށް70%
2މާލީތަނަވަސް ކަމަށް20%
3ޤުރުޢާން ކުލާސް އިމާރާތްކޮށް ނިންމުމަށް ހުށަހަޅާ މުއްދަތައް10%

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

27  މުޙައްރަމް   1440

07 އޮކްޓޫބަރ   2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close