ކޮވިޑް-19

ޚަބަރުރ.އަތޮޅު

އިންނަމާދޫގައި މިރޭހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 3 މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދެނީ

ރ އިންނަމާދޫ

ރ އިންނަމާދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް މިހާރު ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 2 ސައިކަލެއްގައި ދުއްވާފައި ދިޔަ 3 މީހަކަށެވެ.

މި 3 މީހުންގެ ތެރެއިން ބޮޑަށް އަނިޔާލިބިފައިވާ މީހާ އުނގޫފާރު ރީޖަނަލް ހޮސްޕީޓަލަށް ގެނެސްފައިވަނީ މިރޭ 21:45 ހާއިރުއެވެ. އޭނާގެ މޫނުމަށްޗައް ބޮޑެތި އަނިޔާތަކެއް ލިބި އަނގައިންނާއި ނޭފަތުން ގިނައަދަދެއްގެ ލޭ އައިސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެތަނުން އެކަކުގެ ބޯ 3 ތަނަކުން ފަޅައިގެން ގޮސްފައިވާއިރު ތިންވަނަ މީހާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާ ތަކެއްކަމެއް އަދި ސާފެއްނުވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close