ޙަބަރުރ.އަތޮޅު

އިންނަމާދޫގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެ ގެންގޮސްފި

ރ އިންނަމާދޫ

ރ އިންނަމާދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންގެ ތެރެއިން 2 މީހުން އިތުރު ފަރުވާއަށް މާލެ ގެންގޮސްފިއެވެ.  މިއެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް ފަރުވާދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ 21:45 ހާއިރުއެވެ.  މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި 2 ސައިކަލު ދުއްވި 3 މީހުންނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި 3 މީހުންގެ ތެރެއިން ބޮޑަށް އަނިޔާލިބިފައިވާ ހުސައިން ސާއިފް 19 އަހަރު އަދި ހުސައިން ޝުހާދު 21 އަހަރު އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ފުރާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.  3 ވަނަ މީހާ އަށް ފަރުވާ ދިނުމަށްފަހު ރޭވަނީ ދޫކޮށްލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close