ޙަބަރުސިއްޙަތު

ކެންސަރަށް ހޭލުންތެރިކުރުވުމުގެ “ޕިންކް ރިބަން ރަން – ވޯކް” އަންނަ ހޮނިހިރު ދުވަހު އުނގޫފާރުގައިވެސް އޮންނާނެ

ޕިންކް ރިބަން ރަން - ވޯކް

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ “ޕިންކް ރިބަން ރަން- ވޯކް” އަންނަ ހޮނިހިރުދުވަހު މާލެ ސަރަހައްދާއި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތައް ހުންނަ ރަށްރަށުގައި ބާއްވަން ހަމަޖައްސައިފި އެވެ.

މިހަރަކާތް އުނގޫފާރުގައި ކުރިއަށްގެންދިއުމާއި ބެހޭގޮތުން ބެންކް އޮަފްމޯލްޑިވްސް އުނގޫފާރު ބްރާންޗްގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން އޮތީ އާދީއްތަ ދުވަހު މެންދުރުފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ. މިބައްދަލުވުމުގައި އުނގޫފާރުގެ ކްލަބް ޖަމާއަތްތަކާއި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުން ޕިންކް ރިބަން ރަން – ވޯކްގައި ބައިވެރިވާން ރަޖިސްޓްރީވާކަށް ނުޖެހެ އެވެ. ނަމަވެސް މި ހިނގުމަށް ހާއްސަކޮށްފައިވާ ޓީޝާޓު ގަތުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޓީޝާޓު ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރަނީ ކެންސާ ސޮސައިޓީއަށެވެ.

އުނގޫފާރުގައިވެސް މިހަރަކާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4 ކުންފެށިގެން އުނގޫފާރުގެ ބޮޑެތި މަގުތަކުގައެވެ. ޕިންކް ރިބަން ރަން – ވޯކް ކުރިއަށްދާއިރު އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމަށް ހާއްސަ މައުލޫމާތުދިނުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތުގައި އުނގޫފާރުގެ ވިހާވެސް ގިނަބަޔަކު ބައިވެރިވުމަށް މިކަން އުނގޫފާރުގައި އިންތިޒާމުކުރާ ކޮމެޓީން އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close