ޙަބަރުދިރިއުޅުން

މިހާރު ފިޔަވަޅު ނާޅައިފިނަމަ ހައްލުނުކުރެވި އިތުރު މައްސަލަތައް ނިކުމެދާނެ!

ރ އުނގޫފާރު

އުނގޫފާރުގެ މަގުތައް ރަގަނޅު ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްދާ މައްސައްކަތް ގޮސްފައިވާ ހިސާބުންވެސް މިދަނީ ތަފާތު އެކިއެކި ކަންކަން ފާހަގަކުރެވި އެކަންކަމަށް އާންމުންގެ މެދުގައި ބަހުސްކުރެވެމުންނެވެ.

އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ މަގުތައްވަނީ އެކަންކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުން ލެވެލްކޮށްފައެވެ. މިގޮތައް ލެވެލް ކޮށްފައިވާ މަގުތަކުން ފެންނަނީ ގިނަ އިމާރާތްތަކާއި ފިހާރަތަކާއި ގެތައް މަގުގެ ލެވެލް އަށްވުރެ އަޑިކޮންނެވެ. އަނެއްބައި އިމާރާތްތަކާއި ފިހާރަތަކާއި ގެތައް ހުރީ މަގުގެ ލެވެލްއަށްވުރެ މާ އުސްކޮންނެވެ.

މިގޮތައް މަގުގެ ލެވެލްއަށްވުރެ އުސްކޮން ކުރި ގެތަކާއި އިމާރަތްތަކާއި ފިހާރަތަކަށް ވަދެނިކުތުމަށާއި ދުއްވާތަކެތި ވަދެނިކުތުމަށް ކޮންކްރީޓް ބޮލޮކް، ފިލާގަނޑު ސިޑި ފަދަ ތަކެތި ޕޭވްމަންޓް މަތީ ބަހައްޓައިގެން ދާއިމީކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. މިކަމަކީ ކުރީބައިގައި މިކަމާއިމެދު ކަމާބެހޭ ފަރާތްތަކުންނައި އާންމު ފަރުދުންވެސް ވިސްނާ ފިޔަވަޅެއް ނާޅައިފިނަމަ މުސްތަޤުބަލުގައި ހައްލުކުރަން އުނދަގޫ ބޮޑެތި މައްސަލަތައް ނިކުމެދާނެކަމެވެ.

މަގުތައްހެދި ހިނގާ މީހުންނަށާއި ދުއްވާމީހުންނަށް އަދި ޕާކިންއަށް މަގުބޭނުންކުރަމުން ދާއިރު މަގުގައި ހިނގަން އޮންނަ ހަނި ޕޭވްމަންޓްމަތި މިގޮތައް ބްލޮކް ވުމަކީ ހިނގާ މީހުންނަށް ބޮޑެތި އުނދަގުލާއި ކުރިމަތިވާނެ ކަމެކެވެ. ވީމާ މިގޮތަށް ހުރި ތަންތަނުގެ ވެރިފަރާތްތަކައި ކައުންސިލާއި އާންމުންގެ އެހީތެރިކަމާއެކު މިކަންކަމަށް މިހާރުން މިހާރަށް ފިޔަވަޅެއް ނޭޅިއްޖެނަމަ މިކަމުގެ ސަބަބުން އިޖުތިމާއި އިތުރު މައްސަލަތަކެއް ނިކުތުމުކީ ވުން ގާތްކަމެކެވެ. އަދި ޕޭވްމަންޓް މަތީ އެހެނިހެންވެސް ތަކަެތި ބެހެއްޓުން އާންމުވެ މިކަމުން އިތުރު އެތަކެއް މައްސަލަތަކެއް ނިކުމެދާނެ ކަމެކެވެ.

ހިނގާމީހުންނަށް ދަތިވަގޮތަށް ޕޭވްމަންޓް މަތީ ސިޑި ފިލާގަނޑު ސިމެންތި ބްލޮކް ފަދަ ތަކެތި ބަހައްޓާފައި:

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close