ޙަބަރުވިޔަފާރި

އަވަސް ޚިދުމަތަކާއެކު ކަނޑު އަޑީގެ ހުރިހާ މަސައްކަތެއް ހެޔޮ އަގުގައި- ރާއްޖެ ޑައިވާސް

ރާއްޖެ ޑައިވާސް

ކަނޑުއަޑީގެ މަސައްކަތްތަކޭ ބުނުމުން، އެއީ ކޮން މަސައްކަތްތަކެއްކަން ގިނަ ބަޔަކަށް ނޭނގި ދާނެއެވެ. ކަނޑު އަޑީގައި ހުންނާނީ ކޮން މަސައްކަތެއްބާއޭ ހިތައްއަރާފާނެއެވެ. ޒަމާނުއްސުރެ އަހަރަމެންގެ ކާބަފައިންނާ ހިސާބުންވެސް ފެނިފައިވަނީ ހަމައެކަނި މަސްވެރިކަމާ ލަނޑާނެގުންފަދަ ކަންކަމޭ ނުވަތަ ގައު ނަގާ މުރަކަ ނެގުން ފަދަ މަސައްކަތް ބާއޭ ވެސް ހިތައް އަރާފާނެއެވެ.

މިއަދު އަހަރެމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުމާއި ހޯދައިފައިވާ އަދި ހޯދަމުންދާ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މަސައްކަތުގެ މާހައުލު މިވަނީ ވަރަށްބޮޑަށް ފުޅާވެފައެވެ. ބޭނުންއިރަކު ބޭނުންތާކު ކޮންމެފަދަ މަސައްކަތެއްވެސް ފަސޭހަކަމާއެކު ކުރެވޭނެ ގޮތްތައް މިވަނީ ހޯދައި ޤާއިމުކޮށްފައެވެ. މިގޮތުން މޫދާއި ކަނޑުގެ އަޑިވެސް މިއަދު މިވަނީ ބޮޑެތި މަސައްކަތްތައްހިނގާ ސައިޓަކަށް ބަދަލުވެފައެވެ.

ފޮޓޯ / ރާއްޖެ ޑައިވާސް ފޭސްބްކް ޕޭޖް

ރާއްޖޭގައި މޫދުގަޔާއި އަދި ކަނޑު އަޑީގައި މިފަދަ މަސައްކަތް ކުރުމަށް ނަން މަޝްހޫރުވެފައިވާ ބަޔަކީ ރާއްޖެ ޑައިވާސް އެވެ.  ދެބެން ގުޅިގެން އުފެއްދި މިކޮމާރޝަލް ޑައިވިންގް ވިޔަފާރީގައި، ކަނޑުއަޑީގައި ޑައިވް ކޮށްގެން ކުރާ ހުރިހާ މަސައްކަތްތަކެއް ކޮށްދެއެވެ.

މިމަސައްކަތްތަކުގެ ތަފްސީލު ދެމުން ރާއްޖެ ޑައިވާސް ގެ މެނޭޖިން ޑިރެކްޓާ އަހުމަދު ފައިސަލް “އުފާ ނިއުސްއަށް” ދިން ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ރާއްޖެ ޑައިވާސް އަކީ، ޑައިވް ކޮށްގެން ކަނޑު އަޑީގައި ކުރަން ޖެހޭ މަސައްކަތްތައް ކޮށްދޭ ކުންފުންޏެއް ކަމުގައެވެ. އެގޮތުން ކަނޑުއަޑީގައި ސިވަރޭޖް ހޮޅި އެޅުމާއި ކަނޑު އަޑީގެ ސާރވޭ ކުރުމާއި، އޮޑި ދޯނިފަހަރުންނާއި ރާއްޖެ އަންނަ ޔޮޓާއި ސަފާރީއާއި ބޮޑެތި ބޯއްޓުފަހަރުން ކަނޑަށް ވެއްޓޭ ނުވަތަ ދޫވާ ތަކެއްޗާއި ނަގިލިފަދަ ތަކެތި ގެއްލުނީމަ ޑައިވްކޮށް އެހޯދައި ނަގައި ދިނުމާއި ރިސޯޓުތަކުގެ ފަޅު ސާފުކޮށް ދިނުންފަދަ މަސައްކަތްވެސް ކޮށްދޭކަމަށެވެ.

ފޮޓޯ / ރާއްޖެ ޑައިވާސް ފޭސްބްކް ޕޭޖް

މީގެ އިތުރުން އިންސްޕެކްޝަން ޑައިވިންގެ ހިދުމަތާއި ކަނޑުއަޑީގެ ވީޑިއޯގްރަފީވެސް މިކުންނިން ހަދައިދެއެވެ. “އިންސްޕެކްޝަން ޑައިވިންގް (މޫދުގައި ކަނޑު އަޑީގައި ތަކެއްޗަށް ލިބިފައި ހުންނަ ގެއްލުން ބޯޓު ފަހަރަށް ލިބިފައި ހުންނަ ގެއްލުން ބަލައިދިނުން) ވެސް އަޅުގަނޑުމެން ކުރަން، މިމަސައްކަތްތަކަކީ ޕްރޮޖެކްޓް ބޭސިސްކޮށް ކުރާ މަސައްކަތްތަކެއް. ހަމަ ކޮންމެ ބަޔަކު ވެސް ގުޅާލީމަ ޚިދުމަތް ދެން. އެއީ ރިސޯޓު ތަކުން ވިޔަސް، ބޮޑެތި އެހެން ކުންފުނިތަކުން ވިޔަސް ސަފާރީ ތަކުން ވިޔަސް އަދި އަމިއްލަ ފަރުދެއް ވިޔަސް އަޅުގަނޑުމެންނަށް ގުޅާލުމުން ހަމަ އެންމެ އަވަސް ޚިދުމަތެއް ދެން. ރާއްޖެ ޑައިވާސްގެ އެންމެ ޚާއްސަ ކަމަކީ ގުޅާލުމާއެކު އަވަސް ޚިދުމަތެއް އަޅުގަނޑުމެން ހަމަ ކޮންމެ ކަސްޓަމަރަކަށް ވެސް ދިނުން، އަދި އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއްގައި ވެސް ހަމަ އުޅޭނީ މިކަމުގެ (ޑައިވިންގެ) ތަޖުރިބާ ހުރި ދިވެހިން.” ފައިސަލް ވިދާޅުވިއެވެ.

ފޮޓޯ / ރާއްޖެ ޑައިވާސް ފޭސްބްކް ޕޭޖް

މީގެ ތިން އަހަރު ކުރިން 2015 ގައި ފެށުނު މިކުންފުނިން މިހާތަނަށް ކޮށްފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު “ސިނަމާލެ ބްރިޖު” ގެ މަސައްކަތް ހިމެނެއެވެ. ސިނަމާލެ ބްރިޖު ހެދިއިރު، ކަނޑު އަޑީގައި ކުރި (ޑައިވަރުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް) ކުރީ ރާއްޖެ ޑައިވާސް އިންނެވެ. އޭގެ އިތުރުން ސްޓެލްކޯގެ ސިވަރޭޖް މަސައްކަތްތައް އަދި ދިއްފުށީ ފާހާނާ ހޮޅީގެ މަސައްކަތްތައް ވެސް އެއީ ރާއްޖެ ޑައިވާސްގެ ކާމިޔާބު މަސައްކަތްތަކެކެވެ. މީގެ އިތުރުން ކުރި ވަރަށް މުހިންމު މަސައްކަތެއް ބޮޑެތި ދަގަނޑު ބޯޓުތަކާއި ސަފާރީ ތަކުގެ ހަލް ސާފު ކުރުން، ހަލްގައި ޖަހާފަ ހުންނަ ފެހަ ކެހުން ފަދަ މަސައްކަތްތައް ރާއްޖެޑައިވާސްއިން ކޮށްފައިވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ފޮޓޯ / ރާއްޖެ ޑައިވާސް ފޭސްބްކް ޕޭޖް

ޑައިވިން ސްކޫލެއް ހުޅުވައިގެން އެންމެ ފުރަތަމަ ފެށި ކަނޑު އަޑީގެ އެކިއެކި ތަޖުރިބާތައް، ރާއްޖެ ޑައިވާސް ވަނީ މިހާރު މިވަނީ އެއަށްވުރެ މަތީ ހަރުފަތަކަށް އަރާފައެވެ. ކަސްޓަމަރުންގެ ފަރާތުން މުޅިން ވެސް ލިބެނީ އުފާވެރި ފީޑްބެކް އެވެ. އެއްވެސް ޝަކުވާއެއް އަދި މިހާތަނަށް ރާއްޖެ ޑައިވާސް އަށް ލިބިފައި ނުވާކަމީ ވެސް، ރާއްޖެ ޑައިވާސް ގެ ކަސްޓަމަރުން ހިތްހަމަ ޖެހިފައި ތިބި ކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

ރާއްޖެ ޑައިވާސް އާއެކު ކަނޑުއަޑީގެ އެއްވެސް މަސައްކަތެއް ކުރަން ބޭނުންފުޅުވާ ފަރާތްތަކުން 7772822 އަށް ގުޅާލާ ތަފްސީލު ދެއްވަވާ، ރާއްޖެ ޑައިވާސްގެ މަސައްކަތްތައް ބައްލަވާލެއްވުމާށާއި އިތުރަށް މައުލޫމާތު ހޯއްދެއްވުމަށް މިލިންކަށް ޒިޔާރާތް ކޮށްލައްވާ.

https://web.facebook.com/raajjedivers

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close