ޙަބަރުތައުލީމް

އަންނަ އަހަރުގެ ބަޖެޓުން ހިލޭ ޑިގްރީއަށް ކިޔަވައިދެނީ – އުނގޫފާރުގައި ހިންގާ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް އުފާވެެރި ހަބަރެއް!

ދިވެހި ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހިސާބަށް ހިލޭ ކިޔަވައިދޭން ފެށުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖުލީހަށް ހުށައެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވާ ގޮތުން ރާއްޖޭގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ ސަރުކާރުން ހަމަޖައްސައިދޭނެވެ. އަދި އެކަމަށްޓަކައި ބަޖެޓްގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނާފައެވެ.

ސަރުކާރުން ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ފާހަގަކޮށްފައި ވާގޮތުން 2020 އަދި 2021 ވަނަ އަހަރު ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަށް ބަޖެޓްގައި ހިމަނާ ފައިސާގެ އަދަދު 175 މިލިއަން ރުފިޔާއަށް އިތުރު ކުރާނެއެވެ.

ސަރުކާރުން ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ތައްޔާރު ވަމުން ދާއިރު އަންނަ އަހަރު އުނގޫފާރުގައި ގިނަ ކޯސްތަކެއް ފެށުމަށް ހަމަ ޖެހިފައިވާ ކަން ވެސް ފާހަކޮށްލަން ޖެހެއެ ވެ. އެހެން ކަމުން މިކަން ވެގެން ދާނީ ރަށުގައި ތިބެގެން ހިލޭ ކިޔަވާލާން ބޭނުން ފަރާތްތަކަށް ނުވަތަ ރަށާ ވީހާވެސް ގާތުން ޑިގްރީ ފެންވަރަށް ކިޔަވަން ބޭނުން ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

“މަކިޔަވާނީ ރަށުގައި” މި ޝިޔާރުގެ ދަށުން މެމް ބިޒްނަސް ސްކޫލުގެ އުނގޫފާރު އައްޓްރީޗް ސެންޓަރުގައި 13 ދާއިރާއަކުން 26 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެ ވެ. މިއީ ރަށުގައި ތިބެގެން ނުވަތަ އަތޮޅުގައި ތިބެގެން ހިލޭ ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ. މި ކޯސްތަކުގެ މަޢުލޫމާތު ތިރީގައި މި ވަނީއެވެ.

“މަކިޔަވާނީރަށުގައި” – އުނގޫފާރުގައި 13 ދާއިރާ އަކުން 26 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފައިސާގެ ދަތިކަމާއި އަމިއްލަ ރަށާއި މާ ދުރަށް ދާން ޖެހުމަކީ ރާއްޖޭގައި މަތީ ތަޢުލީމް ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެން ކަމުން މިފަދަ ފުރުސަތެއް ވެގެން ދާނީ އެފަދަ ކުދިންނަށް ލިބިގެންދާނެ އެންމެ އުފާވެރި އެއް ހަބަރަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close