ޙަބަރުވިޔަފާރި

ހޮސްޕިޓަލް ސަރަހައްދުން 10 އަހަރު ދުވަހަށް ކުލީ ބިމެއް ދޫކުރަނީ

އުނގޫފާރު ކައުންސިލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހުންނަ ސަރަހައްދުން 10 އަހަރުގެ މުއްދަތައް ކުލީ ބިމެއް ދޫކުރުމަށް އުނގޫފާރު ކައުންސިލުން އިއުލާނު ކޮށްފިއެވެ. އުނގޫފާރު މަހަލްގޭގެ ދެކުނުން އޮންން މިބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިބިމުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިނޮވެމްބަރ 25 ވާ އާދީއްތަ ދުވަހުއެވެ. މިބިން ކުއްޔައް ދިނުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ

           ނަމްބަރ: IUL)303-AS/303/2018/53)

 އިޢުލާން

 

މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހަށް ކުއްޔައް ދޫކުރުމާއި ގުޅޭ

 

މަހަލްގޭގެ ދެކުނުގައިވާ ހުސްބިން 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދޫކުރުމަށް ނިންމާފައިވާތީ މިބިން ކުއްޔަ ހިފުމަށް ސައުގުވެރިވެ ލައްވާފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 1:00ގައި މިއިދާރާގައެވެ. މަހަލްގޭގެ ދެކުނުގައިވާ ކުލީބިމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1:00 ގައި މިއިދާރާގައެވެ.

މަހަލްގޭގެ ދެކުނުގައިވާ ހުސްބިމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި “އުނގޫފާރު ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ ކުލީބިމަށް އެދި” މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ މަހަލްގޭގެ ދެކުނުގައިވާ ހުސްބިން ކުއްޔައް ދޫކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

 

#ބައިތައްމާކްސް
1ހުށަހަޅާ އަގަށް50 މާކްސް
2ކުރާ އިމާރާތުގެ ޑިޒައިން10 މާކްސް
3އިމާރާތް ނިންމާ ޚިދުމަތްދޭނެ މުއްދަތައް20 މާކްސް
4އިންވެސްޓްމަންޓް ކަވަރ ކުރުމަށް ހުށައަޅާ ގޮތް އަދި ކުރާމަސައްކަތް10 މާކްސް
5މާލީތަނަވަސް ކަމަށް10 މާކްސް

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

06  ރަބީޢުލްއައްވަލް  1440

14  ނޮވެމްބަރ     2018

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close