ޙަބަރުރ.އަތޮޅު

މަސްތުވާތަކެއްޗާއެކު ރަސްގެތީމުން މީހަކު ހައްޔަރުކޮށްފި

ރ. ރަސްގެތީމު

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ރަސްގެތީމުން މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ލައިފްގައި ބުނެފައިވާގޮތުން އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރ 19ވަނަ ދުވަހުގެ 21:00 ހާއިރު ރަސްގެތީމުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އެމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޓޫތުޕިކް ހުސްކުރި ސައިޒުގެ ދަޅެއް ފެނިފައިވާކަމަށް ޕލޮިސް ލައިފްގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ.ރަސްގެތީމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންންކަމަށް ޕޮލިހުން ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Dandey Recent comment authors
Dandey
Guest
Dandey

Rasgetheem famous drug dealer

Close