ޙަބަރުކުޅިވަރުމުނިފޫހި ފިލުވުން

އުނގޫފާރު ޔޫތު ސެންޓަރުގައި ގްރާސް ކާޕެޓް އަޅަނީ

އުނގޫފާރު ޔޫތު ސެންޓަރު

ރ އުނގޫފާރު ޗާންދަނީވިލާ އަހުމަދު ޝާހިދުގެ ހެޔޮއެދުންތަކާއެކު އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ގްރާސް ކާޕެޓް އަޅަން ނިންމައިފިއެވެ. މި ކާޕެޓް އެޅުމަށް ހަމަޖެހިފައިވަނީ އިންޑޯ ހޯލުގައި ބިލިޔާޑް މޭޒްތައް ބަހައްޓާފައި ހުރި ސަރަހައްދުގައެވެ.

އަހުމަދު ޝާހިދު މިކަން ހާމަކޮށްފައިވަނީ މިއަދު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި އަހުމަދު ޝާހިދުގެ އިތުރުން އެމްޑީޕީ އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު އާއި އެމްޑީޕީގެ އިސްސަފުގައި އުނގޫފާރުގައި ހަރަކާތްތެރިވާ މުހައްމަދު ޒަކަރިޔްޔާވެސް ބައިވެރިވިއެވެ.

މިބައްދަލުވުމަށްފަހު އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އަހުމަދު ޝާހިދު ވިދާޅުވީ މިއަދުގެ މިބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. “އަޅުގަނޑު މިނިސްޓަރަށް ދެންނެވިން. އުނގޫފާރު ޒުވާނުންގެ މަރުކަޒު ވެއްޓިފައިވާ ބޮޑު އަޑިގަނޑުން ސަލާތްކޮށް އެތަނަކީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެން އެކަށީގެންވާ ތަނަކަށް ހެދުމަށް އަޅުގަނޑަށް ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދޭނެކަމަށް. އެގޮތުން ކާޕެޓްވެސް މިހަދިޔާކުރަނީ. ކާޕެޓްގެ އިތުރުން ކުރިއަށްއޮތްތަނުގައިވެސް އުނގޫފާރު ޒުވާނުންގެ މަރުކަޒަށް ތަފާތު އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ދެމިހުންނާނެކަމަށް މިނިސްޓަރަށް ދެންނެވިން”

2011 ވަަނަ އަހަރު ކްލަބް ޔޫތު ސްޓަރއިން އުނގޫފާރު ޒުވާނުންގެ މަރުކަޒު ހިންގިއިރު އަހުމަދު ޝާހިދުއަކީ އުނގޫފާރު ޔޫތު ސެންޓަރާއި ހަވާލުވެ ހުރި ފަރާތެވެ.

އަހުމަދު ޝާހިދުއަކީ އުނގޫފާރުގެ އިޖުތިމާއީ ކަންކަމުގައި 2005 ވަނަ އަހަރުން ފެށިން ވަރަށްބޮޑެތި އެހީތެރިކަމެއް ދެމުން އަންނަ ފަރާތެކެވެ. މިގޮތުން އުނގޫފާރުގައި އަހުމަދު ޝާހިދުގެ ހަރަދުގައި ބާއްވާފައިވާ ކުޅިވަރު މުބާރާތްތަކާއި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ވެދީފައިވާ އަދި ވަމުންދާ އެހިތެރިކަން ފާހަގަކުރެވެއެވެ.

އަހުމަދު ޝާހިދު ހަދިޔާކުރި ކާޕެޓް ޔޫތު ސެންޓަރުގައި އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ފޯސްޓަރިންގ އެވެއަނަސް އެސޯސިއޭޝަން (އުފާ) އާއި ހަވާލުކޮށްގެންނެވެ. މިމަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
4 Comment threads
2 Thread replies
0 Followers
 
Most reacted comment
Hottest comment thread
6 Comment authors
Mahirއަހުމަދުއަލީބަދަތްވެއްބަދަތްވެއް Recent comment authors
Mahir
Guest
Mahir

Keekey bunaanee dhen hama liyanee koniraku konmubaaraatheh konthaaku hus holhi

ބަދަތްވެއް
Guest
ބަދަތްވެއް

އަޅެބުނެބަލަ އެންމެ އެހީއެއްވެސް ޒުވާނުންނަށްވީ

އަލީ
Guest
އަލީ

ސައިފް މުބާރާތުގައި ޓީމުތަކަށް ދިން އެހީތރެިކަން

ބަދަތްވެއް
Guest
ބަދަތްވެއް

ސާހިދޫ ކޮބާހޭ ސްކޫލް ޕީޓީއޭ އިން ބޭއްވި ޑިނަރނައިޓްގާ ދޭންބުނި މާމޮޅުފޯނު އަދިވެސް އެފޯނު ނުލިބޭކަންއެނގޭ. ކޮމެންޓް ނުޛަހައިދޭނެކަންވެސް އެނގޭ

Hmmmm
Guest
Hmmmm

Thiyabunaa biliyaadu
boad areaga kurinves
carpet alhaafa hunnany…
Den alhey shaahidu inthuzaam kohgen beyhvi mubaarathehgenanves himanaalinama the….

އަހުމަދު
Guest
އަހުމަދު

އުސާ ސޮކަރކަޕް ގެ ނަމުގައި 2001 ވަނަ އަހަރުން ފެށިގެން 2005 އާ ހަމަޔަށް ޝާޑުގެ އަމިއްލަ ހަރަދުގައި މުބާރާތް ބޭއްވި

Close