ޙަބަރުކުޅިވަރު

އުނގޫފާރު ޒުވާނުންގެ މަރުކަޒު ބެލެހެއްޓުން އުނގޫފާރު ކައުންސިލްގެ ދަށަށް ބަދަލުކޮށްފި

އުނގޫފާރު ޒުވާނުންގެ މަރުކަޒު

އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް ބެލެހެއްޓުމުގެ ގޮތުން އެމަރުކަޒު ބެލެހެއްޓުމުގެ އެންމެހައި ކަންކަން އުނގޫފާރު ކައުންސިލްގެ ދަށަށް މިއަދު ބަދަލުކޮށްފިއެވެ. މިކަން އުނގޫފާރު ކައުންސިލަށް އަންގާފައިނީ މިއަދު އެކައުންސިލަށްފޮނުވި ސިޓީއަކުންނެވެ.

އުނގޫފާރު ޒުވާނުންގެ މަރުކަޒުން ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ކުޅިވަރު ހަރަކާތްތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން އުނގޫފާރު ޒުވާނުންގެ މަރުކަޒަށް ފުރިހަމައަށް ދެއްވުމަށް އެސިޓީގައި އެދިލައްވާފައިވެއެވެ.

އުނގޫފާރު ކައުންސިލަކީ އުނގޫފާރުގެ ޒުވާނުންގެ ކަންކަމުގައި ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކައުންސިލެއްކަން ފާހަގަކުރެވެ. މިގޮތުން މިނިވަން ޗެންޕިަންޝިޕް މުބާރަތްތަކުގައި އުނގޫފާރު ޓީމަށް ކައުންސިލުން ކޮށްފައިވާ ބޮޑުހޭދަ ފާހަގަ ކުރެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ކައުންސިލް އިންތިހާބުގެ ކެންޕޭނަށް ފްޓްބޯޅަޔައް ހަރަދު ކުރިކަން ނިމިދިޔަ މުބާރާތައް ކައުންސިލުން ދިން އެހީތެރިކަން ހެކިދޭ

Close