ޙަބަރުކުޅިވަރު

ޒުވާނުންގެ މަރުކަޒުގެ ބިލިޔާޑް ކުޅޭ ތަނުގައި ކާޕެޓް އަޅާ ނިމިއްޖެ

އުނގޫފާރު ޔޫތު ސެންޓަރު

ރ އުނގޫފާރު ޗާންދަނީވިލާ އަހުމަދު ޝާހިދުގެ ހެޔޮއެދުންތަކާއެކު އުނގޫފާރު ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގެ ބިލިޔާޑް ޓޭބަލްތައް ބަހައްޓާފައި ހުރި ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އުނގޫފާރު ފޯސްޓަރިންގ އެވެއަނަސް އެސޯސިއޭޝަން (އުފާ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކާޕެޓް އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ބިލިޔާޑް ޓޭބަލް ބަހައްޓާފަހުރި ތަނުގެ  14.5 ފޫޓު 26 ފޫޓުގެ (377 އަކަފޫޓް) ގެ ސަރަހައްދުގައި ވަނީ ކާޕެޓް އަޅާފައެވެ.

2011 ވަަނަ އަހަރު ކްލަބް ޔޫތު ސްޓަރއިން އުނގޫފާރު ޒުވާނުންގެ މަރުކަޒު ހިންގިއިރު އަހުމަދު ޝާހިދުއަކީ އުނގޫފާރު ޔޫތު ސެންޓަރާއި ހަވާލުވެ ހުރި ފަރާތެވެ.

This slideshow requires JavaScript.

އަހުމަދު ޝާހިދުއަކީ އުނގޫފާރުގެ އިޖުތިމާއީ ކަންކަމުގައި 2005 ވަނަ އަހަރުން ފެށިން ވަރަށްބޮޑެތި އެހީތެރިކަމެއް ދެމުން އަންނަ ފަރާތެކެވެ. މިގޮތުން އުނގޫފާރުގައި އަހުމަދު ޝާހިދުގެ ހަރަދުގައި ބާއްވާފައިވާ ކުޅިވަރު މުބާރާތްތަކާއި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ވެދީފައިވާ އަދި ވަމުންދާ އެހިތެރިކަން ފާހަގަކުރެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close