ޙަބަރު

ބާކާޑުގެ ހުރި ބިން ސާފުކޮށްފި

އުނގޫފާރު ކައުންސިލް

ބާކާޑުގެ ހުރި ބިން ސާފުކޮށްފިއެވެ. އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ ލަކުޑިގުދަނުގެ ދެކުނުން އޮތް ހުސްބިން (ބާކާޑުގެ ހުރިބިން) ސާފުކޮށްފައިވަނީ ބްރާސްފަތި ދުވަހުއެވެ.

ބާކާޑުގެ ތަޅާލުމައްފަހު އެސަރަހައްދު އޮތީ އެއްވެސް ބޭނުމަކު ބޭނުންނުކުރާތީ ވަރަށްބޮޑަށް ގަސްފަޅައި ވާބޯވެފައެވެ. އަދި އެތަނަށް ޖަމާކޮށްފައި ހުރި ވެލިފުނި ތަކުގެސަބަބުން އިތުރަށް އެތަން ބޭނުން ކުރުންވަނީ ދަތިކަމަކަށްވެފައެވެ. އަދި މީގެ އިތުރުން ބައެއްފަރާތް ތަކުން އެތަނަށް އެކި ފާޑުފާޑުގެ ކުނިވެސް އަޅާފައި ހުއްޓެވެ.

އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިބިން ސާފުކޮށްވައިވަނީ ބަޕްލިކް ވޯކްސް އުނގޫފާރު ސައިޓްގެ އެހީތެރިކަމާއެކުގައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close