ޙަބަރުސިއްޙަތު

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް މިއަދުން ފެށިގެން އާސަންދަ ހިދުމަތްދޭން ފަށައިފި

އާސަންދަ

އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް މިއަދުން ފެށިގެން އެކާޑަށް ހިދުމަތް ދޭން ފަށައިފިއެވެ.O

އާސަންދަ ކުންފުނިން މިއަދު ނެރުނު ނަމްބަރު AS/CIR/2018430 ސާކިއުލާގައި ވަނީ، “ހުސްނުވާ އާސަންދަ” ސްކީމްގެ ދަށުން ހިދުމަތް ހޯދާ ފަރާތުން ހުށަހަޅާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެކާޑަކީ ހިދުމަތް ހޯދާ ފަރާތްކަން ކަށަވަރުކޮށް، ސްކީމްގެ ދަށުން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ބަދަލާއެކު މުއްދަތު ހަމަވެފައިވާ އައިޑީއާޑަށް އާސަންދައިގެ ހިދުމަތް އެއްވެސް ހުރަހެއްނެތި މިއަދުން ފެށިގެން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އާސަންދައިގެ ހިދުމަތް ފުރަތަމަ ތައާރަފްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 1 ޖެނުއަރީ 2012 ގައެވެ.  ހުސްނުވާ އާސަންދައިގެ ހިދުމަތް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ލިބޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close