
އުނގޫފާރުގެ ހުސްބންތަކުގައި ހިޔާދޭ ބޮޑެތި ގަސް އިންދަން ފަށައިފިއެވެ. މިގޮތުން އުނގޫފާރު ބަނދަރުގެ ދެކުނު ޖެޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިކަގަހެއް އިންދާފައެވެ. އަދި ރ އަތޮޅު ކައުންސިލް އިދާރާގެ ހުޅަނގު ފާރާތުން އޮތް ހުސްބިމުގައި އިއްޔެވަނީ ކުދިނިކަ ގަހެއް އިންދާފާއެވެ.
ބަނދަރުގައި އިންދި ގަސް އިންދާފައިވަނީ ޕަބްލިކްވާކްސް އުނގޫފާރު ސައިޓްގެ އެހީތެރިކަމާއެކުގައެވެ. އަނެއްގަސް އިންދާފައިވަނީ ކައުންސިލުގެ މުވައްޒަފުންނެވެ.
ގަސްއިންދުމުގައި އިސްކޮން އުޅުއްވާ އުނގޫފާރު ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހު އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ ހުސްބިން ތަކުގައި އިންދަން ރަނގަޅު ގަސް ލިބެމުންދާވަރަކުން ގަސްއިންދުން ކުރިއަށް ގެންދާނެކަމަށެވެ.

އުނގޫފާރު މަގުހެދުމުގެ ޕްރޮޖެކްޓްގެ ދަށުން މަގުހެދުމަށް މިހާރުވެސް ގިނައަދަދެއްގެ ރުއްވަނީ ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ބަނދަރު މަގުގެ ޕޭވްމަންޓްގެ މަސައްކަތް ކުރިއަށް ގެންދެވެން އަންނަނީ އެސަރަހައްދުގައި ހުރި ގިނަ ގަސްރުއް ނެގުމަށްފަހުގައެވެ.
މިސަރުކާރުން ރުއްގަސް ނުނަގާނެކަން ކަށަވަރު ކޮބާ އެއްކަލަ އަބޫ