ޙަބަރު

އުނގޫފާރުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުމަށް އިތުރުކުރި ބަޖެޓުގައި ހިމަނައިފި

ރ. އުނގޫފާރު

2019 ވަނަ އަހަރަށް އެކުލަވާލި ބަޖެޓަށް ބަޖެޓް ކޮމެޓީގައި ބަހުސްކުރުމަށްފަހު ކޮމެޓީން ފާސްކުރި ބަޖެޓުގައި އުނގޫފާރުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ހިމަނައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ބަޖެޓަށް އިތުރުކުރި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމަށް 2019 ވަނަ އަހަރުގައި 1 މިލިއަން ރުފިޔާ ހިމަނާފައިވާއިރު 2020 ވަނަ އަހަރުގައިވެސް ޕްރޮޖެކްޓަށް އިތުރު 1 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އާ ސަރުކާރުން 2019 ވަނަ އަހަރަށް އެކުލަވާލައި ފިނެންސްއިން މަޖިލީހަށް ހުށައެޅި ބަޖެޓުގައި އުނގޫފާރުގައި އަލަށް ފަށާ ޕްރޮޖެކްޓެއްގެ ގޮތުގައި ހިމަނާފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އަޕްގްރޭޑިން މަސައްކަތެވެ. މިމަސައްކަތަށް 5 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. މީގެ އިތުރުން ދެން ބަޖެޓުގައި ހިމަނާފައިވަނީ އުނގޫފާރުގައި މިހާރުވެސް ކުރިއަށްދާ ބައެއް ޕްރޮޖެކްޓް ތަކެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރީގެ ސަރުކާރުން ފަށާނުނިމިހުރި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close