ޙަބަރުރ.އަތޮޅުކުޑަކުދިންސިއްޙަތު
34 ކުދިންނާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިތާނީ އީދު މިއަދު ފަށައިފި
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހީތާނީ އީދު މިއަދު ފަށައިފިއެވެ. މި ހިތާނީ އީދު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ވޯޑްވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ.
އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ ހަސަން ފަޒީލް ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިތާނީ އީދުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. މިއީދުގައި މިއަދުވެސް 5 ކުދިން ހިތާނު ކުރާނެ ކަމަށާއި އުއްމީދުކުރަނީ ކާމިޔާބު ކަމާއެކު މިހަރަކާތް މިއަހަރުވެސް ނިންމާލެވޭނެ ކަމަށެވެ.

އުނގުފާރު ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ އީދުގައި ހިތާނުކުރާ ކޮންމެ ކުއްޖަކަށް މިއަހަރުވެސް ހާއްސަ ހަދިޔާއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ހިތާނީ އީދު ކުރިއަށްދާނީ 25 ޑިސެމްބަރ 2018 ގެ ނިޔަލަށެވެ.