ޙަބަރުރ.އަތޮޅު

އުނގޫފާރު މުއައްސަސާ ތަކަށާއި ގޭގެއަށް ކަލަންޑަރު ބަހަނީ

 

އުނގޫފާރުގެ ކޮންމެ ގެއަކަށް އަދި ކޮންމެ މުއައްސަސާއަށް ކަލަންޑަރު ބަހަންފަށައިފިއެވެ. އުނގޫފާރު ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާޅުވީ އުނގޫފާރު ކައުންސިލް މެދުވެރިކޮށް ދޫކުރަމުން ގެންދާ ކަލަންޑަރުތަކަކީ ރ. ކަނދޮޅުދޫ ވަހީދު (މަރުހޫމް ބޮޑު ވަހީދު) ގެ ހަނދާނުގައި އެއާއިލާގެ ފަރާތުން ބަހަމުންދާ އެއްޗެއްކަމަށެވެ.

“އެއާއިލާއިން އެބަހުރި އުނގޫފާރު ކޮންމެ ގެއަކަށް އަދި ކޮންމެ މުއައްސަސާއަކަށް ކަލަންޑަރު ފޮނުވާފަ، އެއާއިލާއިން އެދިލެއްވީ ކައުންސިލުން އެކަލަންޑަރުތައް ގޭގެއަށް ހަވާލުކޮށްދިނުމަށް، އެހެންވެ ކައުންސިލުން މިހާރުވާނީ އާންމުކޮށް އިއުލާނުކޮށްފައި ކަލަންޑަރު ލިބެންހުރިވާހަކަ އަދި މިކޮޅަށް ދުރުވެ ކަލަންޑަރު ގެންދެވުމަށް، މިހާރު މަޑުމަޑުން މީހުންދަނީ ކަލަންޑަރު ގެންދަމުން” އަފްލާހު ވިދާޅުވިއެވެ.

އަލްމަރުހޫމު ވަހީދުގެ ފަރާތުން އުނގޫފާރުގެ ރައްޔިތުންނަށް ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް ކަލަންޑަރު ބަހާފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އުނގޫފާރުގެ އިތުރުން ރ އަތޮޅުގެ އެހެން ރަށްތަކަށްވެސް ވަހީދުގެ ވަރާތުން ކަލަންޑަރު ހަދިޔާކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close