ޙަބަރުރ.އަތޮޅު

އިތުރުކުރި ބަޖެޓްގައި ރ އަތޮޅުގެ 7 ރަށެއްގައި 8 ޕްރޮޖެކްޓެއް ހިމަނައިފި

ރ އަތޮޅު

2019 ވަނަ އަހަރަށް އެކުލަވާލި ބަޖެޓަށް ބަޖެޓް ކޮމެޓީގައި ބަހުސްކުރުމަށްފަހު ކޮމެޓީން ފާސްކުރި ބަޖެޓުގައި ރ އަތޮޅުގެ 7 ރަށެއްގައި އިތުރު 8 ޕްރޮޖެކްޓް ހިމަނައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ބަޖެޓަށް އިތުރުކުރި 8 ޕްރޮޖެކްޓް ހިމަނާފައިވަނީ އަލިފުށި، ވާދޫ، ރަސްގެތީމް، ހުޅުދުއްފާރު، އުނގޫފާރު، މީދު އަދި މަޑުއްވަރީއެވެ.

 

#ރަށްޕްރޮޖެކްޓް
1އަލިފުށިމަލްޓި ޕާޕަސް ހޯލް އިމާރާތް
2އަލިފުށިމަގުހެދުން
3ވާދޫމިސްކިތް އިމާރާތް
4ރަސްގެތީމުޖެޓީ
5ހުޅުދުއްފަހަރުމަލްޓި ޕާޕަސް ހޯލް އިމާރާތް
6އުނގޫފާރުމަލްޓި ޕާޕަސް ހޯލް އިމާރާތް
7މީދޫސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
8މަޑުއްވަރީމަލްޓި ޕާޕަސް ހޯލް އިމާރާތް

އާ ސަރުކާރުން 2019 ވަނަ އަހަރަށް އެކުލަވާލައި ފިނެންސްއިން މަޖިލީހަށް ހުށައެޅި ބަޖެޓުގައި ރ އަތޮޅުގެ ރަށްރަށުގައި އަލަށް ފަށާ ޕްރޮޖެކްޓް ތަކެއްގެ ގޮތުގައި މީދޫ، މާކުރަތު، ވާދޫ އަދި އަލިފުށީގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ދުވާފަރު އަދި އަލިފުށީގެ ބިން ހިއްކުމާއި ބައެއްރަށްރަށުގެ މަގުހެދުމާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ތައް ހިމަނާފައިވެއެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރީގެ ސަރުކާރުން ފަށާނުނިމިހުރި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
shainee Recent comment authors
shainee
Guest
shainee

where is road project

Close