ޙަބަރު

ޤުރުއާން ކްލާސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން އިމާރާތް ކުރުމަށް ނިންމާފައިވާ ޤްރުއާން ކުލާސް އިމާރާތް ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ  އިއްޔެ މެންދުރުފަހު އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. އެއްބަސްމުވުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްނާސިރު އަލީއެވެ. މިރަސްމިއްޔާތުގައި ކައުންސިލްގެ ހުރިހައި މެމްބަރުން ބައިވެރިވިއެވެ.

ޤްރުއާން ކްލާސް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެންއާރު މުހައްމަދު ޝަފީޤް އާއެއެވެ. 63 ދުވަހުގެ ތެރޭގައި އިމާރާތް ނިންމުމަށް ޝަފީޤް އާއި ހަވާލުކޮށްފައިވަނީ 380722.00 (ތިންސަތޭކަ އަށްޑިހަހާސް ހަތްސަތޭކަ ބާވީސް ) ރުފިޔާ އަށެވެ.

ހުސްނުހީނާގޭގެ އިރުމަތީން އޮތް ބިމުގައި ހަދާ މިއިމާރާތުގައި އޮފީސް ބަޔަކާއި ފާހާނާ އާއި ވެއިޓިން ހޯލް އަކާއި ދެ ކްލާސްރޫމު ހިމެނޭ ހޯލެއް ހުންނާނެ ކަމަށް އުނގޫފާރު ކައުން ސިލުން މައުލޫމާތުދެއެެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close