ޙަބަރުރ.އަތޮޅުވިޔަފާރި

ސަމާލުވޭ! ބޭންކް އޮފް މޯލްޑިވްސް އަކުން ނުގުޅާނެ

ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ނަމުގައި އޮޅުވާލުމުގެ ކޯލްތަކެއް ކަސްޓަމަރުންނަށް ބަޔަކު ގުޅަމުން ދާތީ އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށް އެ ބޭންކުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން ބުނެފައިވާގޮތުން އެ ބޭންކްގެ ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުންދާ ކަމަށް ވެސް ބެންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.

ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، އެ ބޭންކުން ގެންދަނީ ބޭންކްގެ ބްރާންޗުތަކުގަޔާއި އަދި ޓީވީ ޗެނަލްތަކުގައި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ޓީވީ އިސްތިހާރު ވެސް ދައްކަ މުންނެވެ.

ބީއެމްއެލުން ބުނެފައިވަނީ އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ކަސްޓަމަރަކަށް އެ ބޭންކުން ނުގުޅާނެ ކަމަށެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close