ޙަބަރުރ.އަތޮޅުސިޔާސީ

ޕްލެޓްފޯމް ފެނިއްޖެ – ޑރ އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރަނީ

ޑރ އަފްރާޝީމް އަލީ

މަޝްހޫރު އިލްމުވެރިޔާ  އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު ގުލްފާމުގޭ ޑރ. އަފްރާޝިމް އަލީ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި “ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާ ކޮމިޝަން” އަށް ކިޔާ ދޭން ތައްޔާރު ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިއަދު މިހެންވިދާޅުވެފައިވާއިރު އަފްރާޝީމްގެ މަރާގުޅޭ މައުލޫމާތު އެކަމަށް އެންމެ ރަގަނޅު ޕްލެޓްފޯމެއްގައި ހާމަކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވެ އެކަން ލަސްވަމުންދާތީ ވަރަށްގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ރިޔާޒު އަށްދަނީ އަމާޒުވަމުންނެވެ.

“އަވަސް ހުކުރު” ޕްރޮގްރާމަށް ރިޔާޒް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވިކަމަށް އަވަސް އޮންލައިން ވެބްސައިޓްގައި ބުނެފައިވަނީ ލިބިފައިވާ މައުލޫމާތުތަކަކީ ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އިރު ލިބުނު މައުލޫމާތުތައް ކަމަށާއި އެ މައުލޫމާތުތައް ފުލުހުންގެ މުއައްސަސާގައި ވެސް ހުންނާނެ ކަމަށެވެ. ރައީސް ޔަމީންގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އެއިން އެއްވެސް މައުލޫމާތެއް ނޭނގި ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރި ކަން ގަބޫލު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

“އެފަދަ ކޮމިޝަނެއް ރައިސުލްޖުމްހޫރިއްޔާ އުފެއްދީ އެއީ ސިސްޓަމްގެ ތެރޭގައި މިހާރު ހުރި މުއައްސަސާތައް އޭގައި އިހުމާލުވެފައި އޮތް ކަމަށް ގަބޫލު ކުރެވޭތީ މިނިވަންކަންމާއެކު އެކަންކަން ބަލަން، އަދި ރައްޔިތުންނަށް އޭގެ އިތުބާރު އުފެއްދުމަށްޓަކައި،” ރިޔާޒް ވިދާޅުވި އެވެ. “އެ ބޭފުޅުން އަޅުގަނޑުގެ ފަރާތުން ސާފު ކުރަން ކަމެއް އޮތީއާ އަޅުގަނޑު މިހުރީ ތައްޔާރަށް ވަރަށް އުފަލާއެކު ދާން، ހަމައެކަނި އެ އެކަންޏެއް ނޫން، މަޖިލީހުގެ ކޮމިޓީއަކުން އެކަންކަން ބަލާ ކަމަށްވަންޏާ އަޅުގަނޑަށް އޭރު ލިބިފައި ހުރި މައުލޫމާތުތައް ހޯދަން ބޭނުމިއްޔާ ވެސް ތައްޔާރު،”

ރިޔާޒް ވިދާޅުވެފައިވަނީ އޭނާ ޕޮލިސް ކޮމިޝަނަރު ކަމުން ރިޓަޔާ ކުރެއްވި އިރު އަފްރާޝިމް މަރާލުމަށް ފަނޑު ކުރި ފަރާތްތަކާ ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗައް ތަހުގީގުތައް ދިޔައީ ހިންގަމުން ކަމަށެވެ. ނަމަވެސް އޭރު އެ މައްސަލަތައް އެއްކޮށް ނުނިމޭ ކަމަށާއި އިތުރަށް ބަލަން ޖެހޭ ކަމަށް އޭރު ގަބޫލު ކުރެވުނު ކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝިމް މަރާލި އިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވީ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
4 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
4 Comment authors
BadviDhonmediaއިބޫAhmed Recent comment authors
Badvi
Guest
Badvi

Afrasheem aaibehey gothun umaru dhekki vaahakaves jahaali nama gurihamavis

Dhonmedia
Guest
Dhonmedia

Balariyaazooo… mihaaru hurihaa galeh furolhaa nimunee heyyeve. Mihaaru dhakkaani othee fahe konfadha vaahakaeh heyyve. Kaleyves thihuree kuvverivefae.mi hurihas dhuvasvee iruves sirrukureethee eve. Dr. Afrasheem ge gaathilun furaigen medhu irumahchah gossiey bunimeehaayaa mihaathanahves suvaaleh kuriheyyeve.

އިބޫ
Guest
އިބޫ

ނަސީބެއްނު އެބުނާތަނެއް އިބޫ އުފެއްދިކަން.

Ahmed
Guest
Ahmed

Hurihaa kameh engihure mihurihaa dhuvahu hanu hurunves ey nahssalaeh.. mihaaru thi ulheny rahyyithunge loluga adun alhuvan….

Close