85
0

ޕްރެކްޓިސް މެޗެއްގައި އުނގޫފާރު އެފްސީ އަދި ކެނދިކުޅުދޫ އެފްސީ ބައްދަލުކުރަނީ

85
0

ދިވެހި ޕްރިމިއަރ ލީގު 2023-2024 ގެ ކޮލިފައިން އަަށް ތައްޔާރު ވަމުންދާ އުނގޫފާރު އެފްސީ އާއި ކެނދިކުޅުދޫ އެފްސީ ން ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ޖޫން 3 ގައި ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އުނގޫފާރު އެފްސީން ހާމަ ކޮށްފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު އެފްސީގެ މެނޭޖަރ އަހުމަދު ނިޔާޒު ވިދާޅުވީ އުނގޫފާރު އެފްސީން ކެނދިކުޅުދޫ އެފްސީ އާއެކު ކުޅޭ އެކުވެރިކަމުގެ މެޗް 3 ޖޫން 2022 ވާ ހުކުރު ދުވަހު ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.

23 މާޗްގައި ތަބްރިބާކާރު ކޯޗް މޯހަން އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައިގެން ކުރިއަށްދާ އުނގޫފާރު އެފްސީން މިހާތަނަށް ޕްރެކްޓިސް 2 މެޗެއްވަނީ ކުޅެފައެވެ. ފުރަތަމަ މެޗް ފިތުރު ޢީދު ދުވަހު ހަވީރު އުނގޫފާރުގައި ބައްދަލުކުރީ އުނގޫފާރު ޒުވާނުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއެވެ. މިމެޗު 3-1 ނަތީޖާ އަކުން ކާމިޔާބުކުރީ އުނގޫފާރު އެފްސީއެވެ.

2 ވަނަ މެޗްގައި 9 މާޗް 2022 ވީ ހޯމަ ދުވަހު ބައްދަލުކުރީ އޭދަފުށީ އެފްސީ އާއެވެ. މިމެޗް 1-0 ނަތީޖާ އަކުން ކާމިޔާބު ކުރީ އުނގޫފާރު އެފްސީއެވެ.

މިމެޗް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.