88
0

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޖޫން 3 ގައި ބާއްވަނީ

88
0

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާތައް ޖޫން 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ.

އުނގޫފާރު ސްކޫލުން މިކަން ހާމަ ކޮށް ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ 2019، 2020 އަދި 2021 ވަނަ 2 އަހަރުގެ އިނާމު ދިނުމުގެ ޖަލްސާތައް ޖޫން 3 ވާ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުން ސަލާމަތް ވުމަށް އެޅި ފިޔަވަޅު ތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރު ތަކުގެ އިނާމު ދިނުމުގެ ޖަލްސާތައް ބޭއްވޭގޮތްވަނީ ނުވެފައެވެ.

މިދިޔަ އަހަރުތަކުގައި އުނގޫފާރު ސްކޫލްގެ އެކިއެކި ކެޓަގަރީތަކުން ކާމިޔާބުހޯދި ދަރިވަރުންނަށް އިނާމު ހުށައެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތު 26 މެއި 2022 ވީ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އުނގޫފާރު ޑޮޓްކޮމް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.