104
0

ކުލިނުދައްކާ 12 ރިސޯޓްގެ ތެރޭގައި ރ އަތޮޅު ކޮއްޓަފަރު ރިސޯޓް ހިމެނޭ

104
0

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ “ނޭމް އެންޑް ޝޭމް” ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް ޓެކްސް އިދާރާ މީރާއިން ބުނެފި އެވެ.

މިދިޔަ މާޗް މަހު މީރާއިން އާންމުކުރި “ނޭމް އެންޑް ޝޭމް” އުސޫލުގައިވާ ގޮތުން މި ލިސްޓުގައި ހިމަނަނީ ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ޓެކްސް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ ފަރާތްތަކެވެ. އިއްޔެ އާންމުކުރި ހުރިހާ ރިސޯޓަކީ ވެސް ބިމު ކުލީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުން ބިމު ކުލި ދައްކަން ޖެހޭ ރިސޯޓުތަކެވެ.

މީރާއިން އާންމުކުރި ރިސޯޓުތައް

1. ހޮނޑާފުށި: އަބްދުﷲ އަލީ (ތްރީއޭ)

2. ފިލިތެޔޮ އައިލެންޑް ރިސޯޓު- ތްރީއޭ ޓްރޭޑިން ކޮމްޕެނީ

3. ކިހާ މޯލްޑިވްސް- އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް

4. ބްރެއިނާ ކޮއްޓަފަރު- އޭބީއެން ޕްރައިވެޓް ލިމިޓެޑް

5. ރަހާ ރިސޯޓު- ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6. ޖޭޑަބްލިއު މެރިއޮޓް ރިސޯޓު- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް

7. މެދުފުށި އައިލެންޑް ރިސޯޓް- މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

8. އެރިޔަދޫ އައިލެންޑް ރިސޯޓު- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް

9. ސައުތު ޕާމް ރިސޯޓު- ސައުތު ޕާމް މޯލްޑިވްސް

10. ކޮކޯ ޕާމް ދުނިކޮޅު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޑް ލިމިޓެޑް

11. މަކުނުދޫ އައިލެންޑް ރިސޯޓު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް

12. ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް- ތެލުވެލިގާ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.