65
0

“ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް” މި ޝިއާރުގެ ދަށުން އުނގޫފާރު ސްކޫލުން ސާފުކުރުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފި

65
0

‘ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް’ މި ސިއާރުގެ ދަށުން ހަފްތާއަކަށް ބަހައިލައިގެން އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމާއަތްތައް ގުޅިގެން ރަށުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމް ދަށުން އުނގޫފާރު ސްކޫލަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އެސްކޫލުގެ ގިނައަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އުނގޫފާރު ސްކޫލަށް ކަނޑައެޅިފައިވާ ސަރަހައްދު ކަމުގައިވާ މިސްކިތް މަގުގެ ދެކުނުން ފެށިގެން އިންޖީނުގޭ ކުރިމަތީ މަގާ ދެމެދުގެ ސަރަހައްދު ސާފުކޮށްފައިވާއިރު އެސަރަހައްދުން މުޅިންހެންވެސް ނަގާފައިވަނީ ދަތުރުދާ ފަރާތްތަކުން އުކާލާފައިވާ ކުނިބުނިކަމަށް އެސްކޫލުން މައުލޫމާތުދެއްވައެވެ.

މަދިރިންނާއި މަދިރީގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ހުރިހައި މުވައްސަސާތަކާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ.

މިޕްރޮގްރާމަކީ އުނގޫފާރުގައި މަދިރީގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އިތުރު ވުމާއި ގުޅިގެން އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.