53
0

“ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް” މި ޝިއާރުގެ ދަށުން އުނގޫފާރު ކައުންސިލުން ސާފުކުރުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފި

53
0

‘ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް’ މި ސިއާރުގެ ދަށުން ހަފްތާއަކަށް ބަހައިލައިގެން އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމާއަތްތައް ގުޅިގެން ރަށުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމް ދަށުން އުނގޫފާރުކައުންސިލަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު 8 ން 12 އަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ކައުންސިލުގެ އިތުރުން ކައުންސިލުގެ ބެލުމުގެ ދަށުންހިނގާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ، ނަރުދަމާ، ފެންޕްލާންޓް، ވޭސްޓްމެނޭޖްމަންޓް، ރައްޔިތުންގެ ވިޔަފާރި އާއި ރައްޔިތުންގެ ބޭސްފިހާރައިގެ މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ކުލަބް ޔޫތު ސްޓަރ ހިމެނޭގޮތުން ގިނައަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

އުނގޫފާރު ކައުންސިލަށް ކަނޑައެޅިފައިވާ ސަރަހައްދު ކަމުގައިވާ ޒަމާނީ ހިނގުމުގެ އުތުރުން ފެށިގެން އާޒީ މަގާ ދެމެދުގެ ސަރަހައްދު ސާފުކޮށްފައިވާއިރު އެސަރަހައްދުން މުޅިންހެންވެސް ނަގާފައިވަނީ ބާގޮޑުން އެކިގޮތްގޮތުން ބޭރުވެ އެސަރަހައްދަށް ފެތުރިފައިވާ ކުނިބުނިކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.

މަދިރިންނާއި މަދިރީގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ހުރިހައި މުވައްސަސާތަކާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ.

މިޕްރޮގްރާމަކީ އުނގޫފާރުގައި މަދިރީގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އިތުރު ވުމާއި ގުޅިގެން އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.