146
0

“ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް” މި ޝިއާރުގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އުފާ އިން ސާފުކުރުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފި

146
0

‘ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް’ މި ސިއާރުގެ ދަށުން ހަފްތާއަކަށް ބަހައިލައިގެން އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމާއަތްތައް ގުޅިގެން ރަށުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމް ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) އަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު މެންދުރުފަހު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ހޮސްޕިޓަލާއި އުފާ ހިމެނޭގޮތުން ގިނައަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އުފާ އަށް ކަނޑައެޅިފައިވާ ސަރަހައްދު ކަމުގައިވާ ދަންޑަހެލު ހިނގުމުގެ ދެކުނުން ފެށިގެން އިންޖީނުގޭ ކުރިމަތީ މަގާ ދެމެދުގެ ސަރަހައްދު ސާފުކޮށްފައިވާއިރު ފެންހަރުލާ ގޮތައް އުކާލެވިފައި ހުރި ގިނައަދަދެެއްގެ ކުނި އެސަރަހައްދުން ނަގާފައިވާ ކަމަށް މައުލޫމާތުދެއްވައެވެ.

މަދިރިންނާއި މަދިރީގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ހުރިހައި މުވައްސަސާތަކާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ.

މިޕްރޮގްރާމަކީ އުނގޫފާރުގައި މަދިރީގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އިތުރު ވުމާއި ގުޅިގެން އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.