174
2

ފެނަކައިން މާކުރަތު ހެލްތު ސެންޓަރަށް 2 އޭސީ އާއި ޓީވީ އެއް ހަދިޔާ ކޮށްފި

174
2

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރ. މާކުރަތު ހެލްތު ސެންޓަރަށް އެސީ 2 ޔުނިޓާއި ޓީވީ އެއް ހަދިޔާކޮށްފިއެވެ. މިއީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން މާކުރަތު ހެލްތު ސެންޓަރަށް ހަދިޔާކުރި ތަކެއްޗެވެ.

މާކުރަތު ހެލްތު ސެންޓަރުގެ ޕޮލިކަލް އެޕޮއިންޓީ ހަސަން ބިލާލް އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެނަކައިން ހެލްތުސެންޓަރަށް އަށާރަހާސް ބީޓީޔޫގެ އެކޮންޑިޝަން 2 ޔުނިޓް އަދި 43″ އިންޗީގެ ޓީވީއެއް ހަދިޔާ ކޮށްފައިވާ ކަމަށާއި އޭސީ ޔުނިޓް ތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވާރޑް އެސީ ކުރުމަށް ކަމަށާއި ޓީވީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ވެއިޓިން އޭރިޔާގައި ސިއްހީ މައުލޫމާތު ހިއްސާކުރުމަށް ކަމަށެވެ.

ބިލާލް އިތުރަށް ވިދާޅުވީ ފެނަކައިގެ މިއެހީ ފުރިހަމައއަށް ބަލައިގަންނަ ކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިންހުރިހައި ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށެވެ. ހާއްސަކޮށް ފެނަކަ މެނޭޖްމަންޓާއި ދާއިރާގެ މެމްބަރު ފާހަގަ ކޮށްލާކަމަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.

2 ޚިޔާލު ލިބިފައި “ފެނަކައިން މާކުރަތު ހެލްތު ސެންޓަރަށް 2 އޭސީ އާއި ޓީވީ އެއް ހަދިޔާ ކޮށްފި

  1. · 31 މެއި 2022 at 13:40

    އުފާވެރި ހަބަރެއް.