91
0

އެމްޑީޕީގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން ވަކިކުރަނީ، އުނގޫފާރުންވެސް މަދުބަޔަކު ވަކިވެދާނެ

91
0

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރަޖިސްޓްރީގައި ނެތް އެމްޑީޕީގެ 39،000 އަށް ވުރެން ގިނަ މެމްބަރުން ސައްހަކުރަން ނިންމައި އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީން ވަކިކުރަން 29 މެއިގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ އިލެކްޝަންސުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ 54،782 މީހުންނެވެ.

އެމްޑީޕީން އެންމެ ފަހުންބޭއްވި އެޕާޓީގެ ޗެއަރޕާސަން އިންތިހާބުގައި އުނގޫފާރުގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ 287 މީހުން ތިބިއިރު އެމެމްބަރުންގެ ތެރޭގައި އިލެކްޝަންގެ އެޕާޓީގެ ދަފްތަރުގައި ނެތް މީހުންނާއި އެހެންޕާޓީ ތަކަށް ނިސްބަތްވާ މަދު އަދަދެއްގެ ބަޔަކު އެލިސްޓްގައި ހިމެނެއެވެ.

އެޕާޓީގެ އެނިންމުމުގެ ސަބަބުން އުނގޫފާރުން ވެސް މެމްބަރުންތަކެއް އެޕާޓީން ވަކިވެގެން ހިނގައި ދާނެއެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ އުނގޫފާރުގެ މެމްބަރަކު ވިދާޅުވީ އެހެން ޕާޓީތަކުގައި އަބަދުވެސް މަސައްކަތްކުރާ މީހުންތަކެއް އެޕާޓީގެ ދަފްތަރުގައި އެބަތިބި ކަމަށެވެ. ނަމަވެސް އެއަދަދު އެހާ ގިނަ ނޫންކަމަށާއި އެއީ ގާތްގަޑަކަށް ފަސްވަރަކަށް މީހުންކަމަށެވެ. އެމީހުންވެސް އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބެއްގައިވެސް ވޯޓް ލާނެ، އެމެންބަރު ވިދާޅުވިއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.