57
0

ރ އަތޮޅު ކައުންސިލުން އުނގޫފާރުގައި ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ ޕްރޮގްރާމް ނިންމާލައިފި

57
0

ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިނިސްޓްރީއޮފް ފިޒަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ރ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ހާއްސަކޮށްގެން “ހައިޑްރޯފޮނިކްސް ޓެކްނޮލޮޖީ” ބޭނުންކޮށްގެން ފެނުގައި ގަސްއިންދާ ހައްދަން ދަސްކޮށްދިނުމަށް އުނގޫފާރުގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

32 ބައިވެރިންނާއެކު ފިޝަރީޒް މިނިސްޓްރީއާއި ރ. އަތޮޅު ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުން ފާހަގަ ކުރުމަށް ކުރިއަށްގެންދިޔަ ހަފްލާގައި މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައެވެ. ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފާއި އަދި ހަފްލާގެ ޝަރަފްވެރި މެހުމާނު އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

21 މެއި 2022 ން ފެށިގެން 30 މެއި 2022 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އުނގޫފާރު، ދުވާފަރު، ރަސްމާދޫ، އިނގުރައިދޫ، މީދޫ އަދި މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުންވަނީ ބައިވެރިވެފައެވެ. 

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.