121
0

އުނގޫފާރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

121
0

އުނގޫފާރު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާތީ ދަނޑު ތަރައްޤީކުރުމުގެ ޕްލޭންއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައި މިއަދު 11 ޖެހިއިރު ފެށުނު މިބައްދަލުވުމުގައި އުނގޫފާރު ކައުންސިލްގެ އިތުރުން އުނގޫފާރު އެފްސީގެ މެނޭޖްމަންޓާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން އާއެކު އުނގޫފާރު ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންއައި ކޮމެޓީގެ މެންބަރުން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ މިހާރު ތަރައްޤީ ކުރުމަށް ފަށާ ޕްރޮޖެކްޓްގެ ދަށުން ދަނޑުގެ ސަރަހައްދުގައި ޕިޗް އަޅާނެ އޭރިއާ ކަނޑައެޅުމާއި ބެހޭގޮތުންނެވެ.

ސްޕޯރޓްސް ކޯޕަރޭޝަން އާއެކު ތަރަައްޤީ ކުރުމަށް އެކުލަވާލި ޕްލޭންގައި ޕިޗް އޮންނާނެ ގޮތް

ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި ބޮޑަށް ލަފާދީފައިވަނީ ސްޕޯރޓްސް ކޯޕަރޭޝަނާއެކު ދަނޑު ތަރައްޤީކުރުމަށް އެކުލަވާލައިފާ ޕްލޭންގައި ޕިޗް އެޅުމަށް ކަނޑައެޅިފައިވާ ގޮތައް ކުރިއަށް ދިއުން ރަގަނޅު ކަމަށެވެ. ނަމަވެސް ބައްދަލުވުން ނިންމާލީ ދަނޑުގެ ސަރަހައްދުގައި ޕިޗް އޮންނަ އޭރިއާ އެނގޭގޮތައް ޑިޓެއިލް ކުރެހުމެއް ކޮމެޓީތަކާއި ހިއްސާކޮށްލުމަށްފަހު ފެށޭހަފްތާތެރޭ ގޮތެއްނިންމުން އެންމެ ރަގަނޅު ކަމަށް އެއްބަސްވެވިގެންނެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.