46
0

އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިންދޭ ހަދިޔާ މެއިމަހު 165 ކުއްޖަކަށް

46
0

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިނި ދިޔަ މެއިމަހު އުފަންވި 165 ކުއްޖަކަށް އެހަދިޔާ ދީފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެސްޓީއޯއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާ ގޮތުން މާލޭގެ 2 ހޮސްޕިޓަލަކާއި އަތޮޅު ތެރޭގެ 7 ހޮސްޕިޓަލެއްގައި މެއިމަހު މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕޮޓަލްގައި މި ޕްރޮގްރާމް ފަށާފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު ޔޫއާރުއެޗް ގައި އުފަންވި ދެކުދިންނަށް ހަދިޔާ ހަވާލުކޮށްފައެވެ.

މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ..

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.