370
0

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިރޭ އިސްލާމިކް ސެންޓަރު ހޯލުގައި

370
0

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިރޭ އުނގޫފާރު އިސްލާމިކް ސެންޓަރުގެ ޖަލްސާކުރާ ހޯލުގައި އޮންނާނެއެވެ. މިކަމަށްޓަކައި އިސްލާމިކް ސެންޓަރުގެ ޖަލްސާ ކުރާ ހޯލް ތައްޔާރު ކުރުމާއި މަރުކަޒުގެ ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ފަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. މިއީ އެމަރުކަޒު ހުޅުވި ފަހުން މިކަހަލަ ބޮޑު ރަސްމިއްޔާތެއް އެމަރުކަޒުގައި ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަޖަގަ ކޮށްލަމެވެ.

ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުން ސަލާމަތް ވުމަށް އެޅި ފިޔަވަޅު ތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރު ތަކުގެ އިނާމު ދިނުމުގެ ޖަލްސާތައް

ބޭއްވޭގޮތްވަނީ ނުވެފައެވެ.

މިދިޔަ އަހަރުތަކުގައި އުނގޫފާރު ސްކޫލްގެ އެކިއެކި ކެޓަގަރީތަކުން ކާމިޔާބުހޯދި ދަރިވަރުންނަށް އިނާމު ހުށައެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތު 26 މެއި 2022 ވީ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.

އުނގޫފާރު ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.