147
0

ވާދޫގެ ޓޫރިޒަމް ޒޯނަށް ކަރަންޓް ކޭބަލް އަޅައިދޭނެ ބަޔަކު ހޯދަނީ

147
0

ރ. ވާދޫގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ވާދޫ ފެނަކަ ބްރާންޗުން ކޮށްފައިވާ FNK-1/NTC/E02/2022/01ނަމްބަރު އިއުލާނުގައި ބުނެފައިވަނީ ވަގުތީ ކަރަންޓް ފޯރުކޮށްދިނުމަށް ފީޑާއެއް އެސަރަހައްދަށް އެޅުމަށް 630 މީޓަރު ކޭބަލް ވަޅުލުމަށް ބޭނުންވާކަމަށެވެ.

މިކޭބަލް ވަޅުލައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފެނަކަ ވާދޫ ބްރާންޗަށް އެމަސައްކަތް ކޮށްދެވޭނަ އަގުގެ ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވާދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ވާދޫ ކައުންސިލާއި ސިންގަޕޫރުގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރީ 13 ޑިސެމްބަރ 2021 ވަނަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.