200
0

އުފާ އިން އުނގޫފާރު ޑަބްލިޔު. ޑީ. ސީ. އަށް ހޭންޑްބޯލް ހަދިޔާ ކޮށްފި

200
0

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) އިން އުނގޫފާރު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް 5 ހޭންޑްބޯޅަ ހަދިޔާކޮށްފިއެވެ.

ހާފްތާރެސް ޕްރޮގްރާމްގައި މިދިޔަ ހުކުރު ދުވަހު ހަވީރު ކުރިއަށް ދިޔަ އާއިލީ ހަވީރު ނިންމާލުމަށްފަހު ފުޓްސަލް ދަނޑުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޑަބްލިޔުޑީސީ އާއި ބޯޅަ ހަވާލުކޮށްދެއްވި އުފާގެ ފައުންޑަރ މެމްބަރ އަދި ކުރީދެދައުރުގެ ރައީސް އިބްރާހީމް ޒަޔާން އާއި ޔޫތު މިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނެވެ.

އުނގޫފާރު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބޯޅަތަކާއި ހަވާލުވެލެއްވީ އެކޮމެޓީގެ 5 މެމްބަރުންނެވެ. އުނގޫފާރު ޑަބްލިޔުޑީސީގެ ފަރާތުން އުނގޫފާރުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެކާއި އެއް މުބާރާތް މިހާތަނަށް ވަނީ ބާއްވާފައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.